ads
މަކުނުދޫ ފެނަކަ ބްރާންޗް
އަހަރެއްވީ ކުޑަކުޑަ ބިލެއް ދައްކަން ފެނަކައިގެ މައްޗަށް ކޯޓު އަމުރެއް
އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވީ ކުޑަކުޑަ ބިލެއް ދައްކަން، އުތުރުގެ ރަށެއްގެ ކޯޓަކުން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އަމުރެއްކޮށްފިއެވެ.

ހދ. މަކުނުދޫ މެޖިސްޓްރޭޓް ކޯޓުން، ހދ. މަކުނުދޫ ފެނަކަ ބްރާންޗްގެ މައްޗަށް މި އަމުރުކޮށްފައިވަނީ އެންމެ 4800 ރުފިޔާގެ ބިލެއް ނުދައްކައި އޮންނަތަތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ. 

މި އަމުރަކީ، މިދިޔަ އަހަރުގެ ޖޫން މަހު ކުރީކޮޅު، ހދ. ކުޅުދުއްފުށިން ހދ. މަކުނުދޫއަށް ޓިނު ، ފްލައިވުޑް އަދި ދަގަނޑުތަކެއް އުފުލުމުގެ އަގަށްވާ 4800 ރުފިޔާ ނުދައްކައިގެން އަމިއްލަ ފަރުދަކު ކުރި ދައުވާއަކާ ގުޅިގެން ކުރި އަމުރެކެވެ. އެ މަސައްކަތުގެ އަގަށްވާ 4800 ރުފިޔާ ހޯދަން މިދިޔަ އަހަރުގެ މެއި މަހު ފެނަކައިގައި އެދުނު ނަމަަވެސް މިހާތަނަށް އެ ފައިސާ ދައްކާފައެއް ނުވެއެވެ. 

މި މައްސަލައިގައި މަކުނުދޫ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ 4800 ރުފިޔާއަކީ ފެނަކަ ކުންފުނީގެ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައި، ސެޕްޓެމްބަރުގެ 16 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އެ މުއްދަތު ފަހަނަ އަޅައި ދިޔައިރު އެ ފައިސާ ދެއްކި ކަމެއް ނޭނގެއެވެ. 

މި މައްސަލައިގައި ފެނަކަ ކުންފުނީގެ މައްޗަށް ހުކުމްކޮށްފައިވަނީ އެ ކުންފުނީގެ ގައިރު ހާޒިރުގައެވެ. އެއީ ކުުންފުނިން ކޯޓަށް ހާޒިރު ވެފައި ނުވާތީއެވެ. މައްސަލައިގެ ހުކުމުން އެގޭ ގޮތުގައި އެ ކުންފުނީގެ ފަރާތުން ދައުވާއަށް ޖަވާބުވެސް ދީފައެއް ނުވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް