ads
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އިންތިހާބާ ގުޅުވާ މާދަމާ ވެސް ސަރުކާރު ބަންދުކުރަން ނިންމައިފި
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ މަސައްކަތްތައް ނުނިމޭތީ, މާދަމާ ވެސް ސަރުކާރު ބަންދުކުރަން ނިންމައިފި އެވެ.
Advertisement

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ސެޕްޓެންބަރު މަހުގެ 30 ވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތްތައް އަދި ނުނިމޭތީއެވެ.

ރައީސް އޮފީހުގެ ދެންނެވުމުގައި ވަނީ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައި ވާތީ އެކަން އެގޮތަށް ރައީސް ހަމަޖައްސަވައިދެއްވީކަމަށެވެ.

ރިޔާސީ އިންތިހާބާއި ގުޅިގެން މިއަދަކީވެސް ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމަށްފަހު ވެސް އިންތިހާބުގެ މަސައްކަތްތައް ނިންމަން ޖެހިގެން އައި ދެ ދުވަސް ސަރުކާރު ބަންދު ކުރި އެވެ.

އިއްޔެ ބޭއްވި އިންތިހާބުގެ ދެވަނަ ބުރުގައި, ރާއްޖޭގެ އިންތިހާބީ ރައީސްގެ މަގާމު ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓް އަދި މިވަގުތު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އެނާ އިންތިހާބު ކާމިޔާބު ކުރެއްވީ 120,000 އަށްވުރެ ގިނަ ވޯޓާއެކު 54 ޕަސަންޓު ހޯއްދަވައިގެންނެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް