ads
އިންތިހާބީ ރައީސް ޑރ. މުއިއްޒު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވަން ރައީސް އޮފީހުގައި -- ފޮޓޯ: ސަން
އިންތިހާބީ ރައީސް ޑރ. މުއިއްޒުއާ ރައީސް ސޯލިހު މި ވަގުތު ބައްދަލު ކުރައްވަނީ
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެ ބޭފުޅުން ބައްދަލު ކުރައްވައިފިއެވެ.

އިންތިހާބީ ރައީސްގެ މީޑިއާ ޓީމުން މިއަދު ވިދާޅުވީ، 3:00 ގައި ދެ ބޭފުޅުން ރައީސް އޮފީހުގައި ބައްދަލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. 

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވީ ވޯޓުލީ އާބާދީގެ 54 ޕަސެންޓް ހޯއްދަވައިގެނެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ. ސެޕްޓެމްބަރު 9، ގައި ބޭއްވި އެ އިންތިހާބުގެ ފުރަތަމަ ބުރު ވެސް ކާމިޔާބު ކުރެއްވީ ޑރ. މުއިއްޒެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު މުއިއްޒު ވަނީ ރޭ ގައުމާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. ރޭ ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންނާމެދު ވެސް އަމަލު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"ކޮންމެ ޕާޓީއެއްގައި ހުއްޓަސް އަޅުގަނޑުގެ ކުރިމަތީގައި އެއީ ދިވެހި ލޮބުވެތި ރައްޔިތެއް. އެއްވަރަކަށް ހައްގު ލިބިގެންވަނީ. އެއްވަރަކަށް ހުރިހާ ކަމެއްގައި ވެސް ހަމަހަމަކަން ލިބިގެންވޭ،" މުއިއްޒު ވިދާޅުވި އެވެ.

އިތުރު ތަފްސީލް އަންނަނީ…


20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް