ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކެބިނެޓާ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު އެމަނިކުފާނުގެ ކެބިނެޓުގެ މަސައްކަތަށް ޝުކުރު އަދާކުރައްވައިފި
ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެއްޓީމެއްގެ ގޮތުގައި މި ފަސް އަހަރު މަސައްކަތް ކުރައްވައިފައިވާކަން ފާހަގަކުރައްވައި އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޝުކުރު އަދާކުރައްވައިފިއެވެ. އެމަނިކުފާނު ޝުކުރު އަދާކުރައްވާފައިވަނީ މިއަދު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
Advertisement

ރިޔާސީ އިންތިހާބަށް ފަހު، މިއަދު ކެބިނެޓާ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ގިނަ ކަންކަން ހާސިލުކުރެވިފައިވާ ކަމަށް ވިދާޅުވެ، އެކަންކަން ހާސިލުކުރުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ. އަދި ދައުރުގެ ބާކީ މި އޮތް ދުވަސްތަކުގައިވެސް މެނިފެސްޓޯގެ ނުނިމި ހުރިކަންކަން ނިންމެވުމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި، ވީހާވެސް އޮމާންކަމާއެކު ކަންކަން ކުރިއަށް ގެންދެވުމަށް ހާއްސަ ޓީމެއް ނެންގެވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ މެނިފެސްޓޯގެ ކަންކަން ހާސިލުކުރެއްވުމަށާއި އަދި ވަކިން ޚާއްޞަކޮށް، ކޯވިޑް-19 ގެ ބަލިމަޑު ކަމުގެ ދުވަސްވަރާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ދުވަސްވަރު ދިމާވި ދަތި އުނދަގޫ ކަންކަމުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ނަމޫނާ ލީޑަރޝިޕް ފާހަގަކުރައްވައި، އެކަމަށްޓަކައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

ރިޔާސީ އިންތިހާބު، ޕީއެންސީގެ ކެންޑިޑޭޓު އަދި މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ޑރ. މުއިއްޒު ކާމިޔާބު ކުރެއްވީ 54 ޕަސެންޓު ވޯޓުންނެވެ. އިއްޔެ ބޭއްވި އިންތިހާބުގެ ދެ ވަނަ ބުރުގައި 243،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 282,804 މީހުންގެ ތެރެއިން 86 ޕަސެންޓެވެ.

މުއިއްޒަށް ލިބިވަޑައިގަތީ 127,000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއިރު، ރައީސް ސޯލިހަށް 108,000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގައި ގެންފައިވެ އެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވައި 'އެކްސް'ގައި ރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވަނީ އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ރައީސް ވަނީ ރޭ މުއިއްޒަށް ގުޅުއްވާފަ އެވެ.


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް