ads
މޯހަން ބަގާންގެ ސްޕެއިން ކޯޗު ޖުއާން ފެރާންޑޯ
އޭއެފްސީ ކަޕް: މާޒިޔާ މެޗު ފަސޭހަ ނުވާނެކަން އެނގޭ
މާޒިޔާއަކީ މިހާރު ތަފާތު ޓީމެއް ކަމަށާއި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަ ނުވާނެ ކަމަށް އިންޑިއާގެ މޯހަން ބަގާންގެ ސްޕެއިން ކޯޗު ޖުއާން ފެރާންޑޯ ބުނެފި އެވެ.

މާޒިޔާއާ މޯހަން ބަގާންގެ މެޗު އޮންނާނީ މިރޭއެވެ. މެޗު ފެށޭނީ ރާއްޖޭ ގަޑިން ހަތެއް ޖަހާއިރުއެވެ. މެޗު ކުޅޭނީ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައެވެ. މިރޭގެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން، މޯހަން ބަގާންގެ ކޯޗު ޖުއާން ބުނީ، މާޒިޔާގައި މިހާރު ތިބި ބިދޭސީ ކުޅުންތެރިންގެ ފެންވަރުވެސް ރަނގަޅު ކަމަށެވެ. އަދި ބަޝަންދުރާ ކިންގްސް އަތުން މާޒިޔާ މޮޅުވެފައި އޮތުމުން، މޯހަން ބަގާން މެޗު ފަސޭހަ ނުވާނެ ކަން އެނގޭ ކަމަށް ކޯޗު ބުންޏެވެ.

ޖުއާން އިތުރަށް ބުނީ، މާޒިޔާއިން ޔަގީނުންވެސް ކުރިއެރުންތަކެއް ހޯދައިފި ކަމަށެވެ. އަދި ޖުއާން ބުނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅޭ ހަ މެޗުގެ ތެރެއިން އަމިއްލަ ދަނޑުގައި ކުޅޭ ތިން މެޗަކީ ވެސް ފައިނަލްތަކެއް ކަމަށެވެ. އަދި އަމިއްލަ ދަނޑުގައި ކުޅޭ މީގެއިން އެއްވެސް މެޗެއްގައި ޕޮއިންޓް ގެއްލުމަކީ ބޮޑު ގެއްލުމަކަށް ވާނެ ކަމެއް ކަމަށް ޖުއާން ގަބޫލުކުރެ އެވެ.

އޭއެފްސީ ކަޕުގެ މިފަހަރުގެ ދެވަނަ މެޗަށް މާޒިޔާ މިރޭ ނުކުންނައިރު، މާޒިޔާއިންވަނީ މި ފަހަރުގެ ފުރަތަމަ މެޗުން މޮޅުވެފައެވެ. އެއީ މާލޭގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސް އަތުންނެވެ. މާލޭގައި އެ މެޗުން މާޒިޔާ މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ. 

އަނެއްކޮޅުން މޯހަން ބަގާންވެސްވަނީ އެ ޓީމުގެ ފުރަތަމަ މެޗުން މޮޅުވެފައެވެ. އެ ޓީމުން މޮޅުވެފައިވަނީ އިންޑިޔާގެ އޮޑިއްޝާ އެފްސީ އަތުންނެވެ. ފުރަތަމަ މެޗުތަކުން މޮޅުވެފައިވާ ދެ ޓީމު މިރޭ ވާދަކުރާއިރު، އެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ.

އޭއެފްސީ ކަޕުގައި މި ފަހަރުގެ އަވޭ ފުރަތަމަ މެޗުގައި މާޒިޔާ ، މޯހަން ބަގާންއާ ދެކޮޅަށް މާދަމާ ނުކުންނައިރު، މިދިޔަ ދެ އަހަރުގެ މުބާރާތުގައިވެސް އެ ޓީމާ ދެކޮޅަށް މާޒިޔާއިންވަނީ ކުޅޭފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް