ads
މަޖިލީހުގެ ރައީސް ނަޝީދު
މާދަމާވެސް މަޖިލީހުގައި އޮތީ ބަރުލަމާނީ ބަހުސް
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށްވެސް، ރައީސް ނަޝީދު ތާއީދު ކުރައްވާ ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމް ފުރޮޅާލުމުގެ މައްސަލަތައް އެޖެންޑާކޮށްފިއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް އެޖެންޑާ ކޮށްފައި އޮތީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ގާނޫނު އަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާ ގުޅޭ މައްސަލަ އެވެ. އެ މައްސަލަ އެޖެންޑާކޮށްގެން، މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބާއްވަން އުޅުނު ޖަލްސާގައި ވެސް ކޯރަމް ހަމަވެފައެއް ނުވެ އެވެ. މިއަދުގެ ޖަލްސާވެސް ކޯރަމް ހަމަ ނުވެގެން ކެންސަލްވީއިރު މާދަމާވެސް އެޖެންޑާގައި އޮތީ އެ ކަންކަމެވެ.

ނިޒާމު ބަދަލުކުރުމުގެ މަސައްކަތަށް ބޭނުންވާ ކަންކަން މަޖިލީހުން ނިންމަން މަސައްކަތް ކުރަމުންދާއިރު ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އިސްލާހެއް ހުށަހަޅާފައިވަޏީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އިންތި ހުށަހެޅުއްވީ ބިލް ފާސްކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ނަމަ އިތުރު ވޯޓަކަށް ދާން ނުޖެހޭ ގޮތަށް ހެދުމަށެވެ. ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހުން ފާސްކުރުމަށްފަހު އެ ބިލް ރައީސް ތަސްދީގު ކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު އެވެ.

އިންތިގެ މި ހުށަހެޅުމަށް އާއްމުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާއިރު، ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމިޓީގެ މުގައްރިރު، އަދި ކުރީގެ މާލޭ މެންބަރު އިބްރާހީމް އިސްމާއީލް – އިބްރާވެސް ވިދާޅުވެފައިވަނީ އިންތިގެ އިސްލާހަކީ ނުރައްކާތެރި އިސްލާހެއް ކަމަށެވެ.

ތިޔައީ ގެނެވިދާނެ އިސްލާހެއްކަމަކަށް ނުދެކެން. ތިޔަ އިސްލާހުވެސް ގެނެވޭނީ އާންމު ވޯޓަކުން. ގާނޫނު އަސާސީގެ އެ މާއްދާއަކީ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލު ގެނައުމުގެ ކުރިން ރައްޔިތުންގެ ބަސް ހޯދަންޖެހޭ މާއްދާ. ތިޔައީ ނުރައްކާ އިސްލާހެއް
8%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް