ads
ބަޝުންދުރާގެ ކެޕްޓަން ރޮބްސަން
އޭއެފްސީ ކަޕް: އަމިއްލަ ދަނޑުގައި ބަޝަންދުރާ ކިންގްސް މޮޅުވެއްޖެ
އޭއެފްސީ ކަޕުގައި މާޒިޔާ ހިމެނޭ ގްރޫޕުގައި، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސް މިއަދު ކުޅުނު މެޗުން، އިންޑިޔާގެ އޮޑިއްޝާ އެފްސީ އަތުން މޮޅުވެއްޖެއެވެ.

ބަޝަންދުރާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބަޝަންދުރާ މޮޅުވީ ތިން ލަނޑު ދެ ލަނޑުންނެވެ. ބަޝަންދުރާ ކިިންގްސްވަނީ މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި މާލޭގައި މާޒިޔާ އަތުން ތިން ލަނޑު އެއް ލަނޑުން ބަލިވެފައެވެ. އަދި އޮޑިއްޝާ އެފްސީވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި މޯހަން ބަގާން އަތުން ބަލިވެފައެވެ. 

މިއަދު ކުޅުނު މެޗުން ބަލިވުމާއެކު، މުޅިން އަލަށް އޭއެފްސީ ކަޕުގައި ކުޅޭ އޮޑިއްޝާ، އެ ޓީމުގެ ފުރަތަމަ ދެ މެޗުން ބަލިވީއެވެ. މި ގްރޫޕުގައި މާޒިޔާއާ މޯހަން ބަގާން ކުޅޭ މެޗު މިރޭ އިންޑިޔާގައި އޮންނާނެއެވެ. މޯހަން ބަގާންއާ މާޒިޔާވަނީ ދެ ޓީމުގެ ފުރަތަމަ މެޗުތަކުން މޮޅުވެފައެވެ. 

އެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ އަތުން މާލޭގައި ބަލިވީ ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށް ބަޝުންދަރަ ކިންގްސްގެ ކޯޗު ސްޕެއިންގެ އޮސްކާ ބުރުޒޮން ވަނީ މާލޭގައި ކުޅުނު މެޗަށް ފަހު ބުނެފައެވެ. އަދި އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި އެ ގޯސްތައް ރަނގަޅު ކުރާނެ ކަމަށް އޮސްކާ ބުނެފައިވެއެވެ. 

އޭއެފްސީ ކަޕުގައި ބަޝަންދުރާ ދެން ކުޅެން ޖެހޭނީ މޯހަން ބަގާންއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު، ކަލްކަތާގައެވެ. އޮޑިއްޝާގެ ދެން އޮންނަ މެޗަކީ، އަމިއްލަ ދަނޑުގައި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުވެސް ކުޅޭނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. 

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް