ads
ޑރ މުހައްމަދު ޖަމީލް އަޙްމަދު
ވެރިކަން ބަދަލުވުމުގެ ކުރިން ސަރުކާރުގެ ބައެއް އިސްވެރިން ފުރުން މަނާ ކުރަން ޖެހޭ: ޖަމީލް
ވެރިކަން ބަދަލުވުމުގެ މަރުހަލާގައި މިހާރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބައެއް ބޭފުޅުން ރާއްޖެއިން ބޭރަށް ފުރުން މަނާ ކުރަން ޖެހޭކަމަށް ކުރީގެ ނައިބު ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޖަމީލު މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމާއިއެކު އިންތިގާލީ މަަރުޙަލާގައި ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ދެ ކަމެއް އެބަ އޮތް ކަމަށެވެ. 

އެގޮތުން ޖަމީލް ވިދާޅުވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައްކަމާ ކޮރަޕްޝަނާގުޅޭ ލިއެކިއުންތަކަށް ބަދަލު ގެނައުމާއި ލިޔެކިޔުންތައް ނައްތާލުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. 

ޖަމީލް ދެވަނައަށް ފާހަގަކޮށްފައިވާ ކަމަކީ ބޭރު ސިފައިންނާ ގުޅޭ އެއްބަސްވުންތަކާ ކަނޑު ވިއްކުމާ ގުޅޭ ލިއުންތައް ބެލެހެއްޓުމެވެ. 

މި ދެ ކަމުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބައެއް ވެރިންކަމަށް ވިދާޅުވެ ޖަމީލް ވަނީ ބައެއް ބޭފުޅުންގެ ނަންތައް ހާމަކޮށްފަ އެވެ. 

ޖަމީލް ވިދާޅުވީ މިކަންކަމުގެ ޒިންމާ ނަގަން ޖެހޭނީ ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފާއި ފެނަކަ އެމްޑީ އަހުމަދު ސައީދާއި އާރްޑީސީގެ އެމްޑީ މޫސާ އަލި މ

މިދެކަމުގައި  ޒިއްމާ  އުފުލަންޖެހޭ  ކުންފުނިތަކުގެ  ވެރިން،  ސްޓެލްކޯ  ޝަރީފު،ފެނަކަ  ސައީދު،  މޫކޭ،  އެމްޓީސީސީ އާދަމް،  އަދި ފައިނޭންސް  އަމީރު،  ރިއްފަތު،  މާރިޔާ  ފަދަ  މީހުން ފުރުން  މަނާކުރުން. މިއީ  އަޅުވެތިކުރުމާ، ޗޯރު/  ވައްކަމާ   ދެކޮޅަށް  ރައްޔިތުން  ދިން  ވޯޓެއްކަން  ހަނދާން  ކުރަންވާނެ!

13%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް