ads
ރައީސް ސޯލިހު އިންތިހާބީ ރައީސް ޑރ. މުއިއްޒާ ބައްދަލުކުރެއްވުން. - ފޮޓޯ:ރައީސް އޮފީސް
ފައިސާ ޗާޕް ކުރުން ހުއްޓާނަން: މުއިއްޒު
އަންނަ ސަރުކާރުގައި ފައިސާ ޗާޕުކުރުން ހުއްޓުވާނެކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ 'ޗެނަލް 13' އަށް ދެއްވި އިންޓަވިއުއެއްގަ އެވެ. 

ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ އިސްކަމެއް ދެއްވާނީ ރާއްޖޭގެ ހާރިޖީ ސިޔާސަތާއި އިގްތިސޯދީ އަނދަވަޅުން ގައުމު ސަލާމަތް ކުރެއްވުމަށް މުއިއްޒު ވިދާޅުވި އެވެ. 

އެ ދެ ކަންތަކަށް އަލި އަޅުވާލައްވަމުން މުއިއްޒު ވިދާޅުވީ ހާރިޖީ ސިޔާސަތަކަށް ގެންގުޅުއްވާނީ ރާއްޖެ އަށް އެންމެ ރަނގަޅު ގޮތް ހިޔާރުކުރުމުގެ ސިޔާސަތެއް ކަމަށާއި އިގްތިސޯދީ އަނދަވަޅުން އަރައިގަތުމަށް އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ފައިސާ ޗާޕުކުރުން ހުއްޓުވަން ފިޔަވަޅުތަކެއް އެޅުއްވުންކަމަށެވެ. 

ފައިސާ ޗާޕް ކުރުމާއި ގުޅޭ ގޮތުން މުއިއްޒު ވިދާޅުވީ ފައިސާ ޕާޗްކުރުމަށް ސަސްޕެންޑްކޮށްފައިވާ މާއްދާ އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި ފައިސާ ޗާޕް ކުރުން ހުއްޓުވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. 

"ފައިސާ ޗާޕު ނުކުރާނަން އަޅުގަނޑެއް އިރާދަކުރެއްވިއްޔާ،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި ފައިސާ ޗާޕް ކުރާވަރު ގިނަވުމުން އިދިކޮޅު ކޯލިޝަނުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައިވެސް މުއިއްޒު ވަނީ އެކަމަށް ފާޑު ކިޔާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް