ads
ޖޭސަން ކަމިންގްސް
އޭއެފްސީ ކަޕް: ހިތްދަތި ގޮތަކަށް މާޒިޔާއަށް މެޗު ގެއްލިއްޖެ
އޭއެފްސީ ކަޕްގައި އިންޑިޔާގެ ގަދަ ބާރު، މޯހަން ބަގާން އަތުން ހިތްދަތި ގޮތަކަށް މެޗުގެ ފަހު ވަގުތު މާޒިޔާ ބަލިވެއްޖެއެވެ.

ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި މާޒިޔާ މިރޭ ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ. އެއް ލަނޑު އެއް ލަނޑުން މެޗު އެއްވަރު ވެގެން ނިމިދާނެ ކަމަށް ބެލެވިފައިވަނިކޮށް މާޒިޔާ ކޮޅަށް ލަނޑުވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިއާއެކު ވިދިވިގެން ތިން އަހަރު، މޯހަން ބަގާން އަތުން މާޒިޔާ ބަލިވީއެވެ.

މިރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑުނެގީ މޯހަން ބަގާން އިންނެވެ. މެޗުގެ 28 ވަނަ މިނިޓްގައި މޯހަން ބަގާން އަށް ކުޅޭ ސްކޮޓްލެންޑްގެ ފޯވާޑް، ޖޭސަން ކަމިންގްސް މި ގޯލު ޖެހީ އޭރިއާބޭރުންނެވެ. މާޒިޔާ ކޮޅަށް ދެވަނަ ލަނޑުވެސް ޖެހީ ހަމަ އޭނާއެވެ. އެއީ 93 ވަނަ މިނިޓްގައެވެ. މާޒިޔާގެ ލަނޑު ޖެހީ ޖަޕާންގެ މިޑްފީލްޑަރު، ޓޮމޯކީ ވާޑާއެވެ.

މި ގްރޫޕްގެ އަނެއް މެޗުން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ވަނީ އަމިއްލަ ދަނޑުގައި އިންޑިއާގެ އޮޑީޝާ އަތުން 3-2 އިން މޮޅުވެފަ އެވެ. މިއީ ބަޝުންދަރާގެ އެެރީނާގައި ކުޅުނު އޭއެފްސީ ކަޕްގެ ފުރަތަމަ މެޗެވެ. ބަޝުންދަރާ ވަނީ ފުރަތަމަ މެޗުން މާޒިޔާ އަތުން 3-1 އިން ބަލިވެފަ އެވެ. އަދި އޮޑީޝާ އަތުން މޯހަން ބަގާން މޮޅުވީ 4-0 އިންނެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް