ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއަކަށް އެމްޑީޕީވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާއި ގުޅިގެން، އެމްޑީޕީން ޒިންމާދާރު އިދިކޮޅުޕާޓީއަކަށް ވާނެކަމުގެ ޔަގީންކަން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްވައިފިއެވެ.

Advertisement
ޑރ. މުއިއްޒުގެ އެދިލެއްވުމަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ، 2013 ވަަނަ އަހަރު ފެނުނު އަނިޔާވެރިކަން އަލުން ތަހައްމަލް ނުކުރާނެކަމަށެވެ.
"ސަރުކާރު ޒިންމާދާރު ކުރުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން. 2013 ވަނަ އަހަރުގެ ހުދުމުހުތާރު ވެރިކަމާއި އަނިޔާވެރިކަން އަނބުރާ ދާން ތަހައްމަލެއް ނުކުރާނަން،" - ފައްޔާޒް-
އެމްޑީޕީއަކީ ޒިންމާދާރު ޕާޓީއަކަށް ވުމަށް މުއިއްޒު އެދިލެއްވީ ރޭ ސަޕޯޓަރުންނާ ބައްދަލުކުރައްވައެވެ.
"ހަގީގަތުގައި ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީކުރުވުމަށް އިދިކޮޅު ޕާޓީއެއް މުހިއްމު ވާނެ. އެފަދަ ޕާޓީއަކުން ސަރުކާރަށް ފާޑުވެސް ކިޔާނެ،" މުއިއްޒު ރޭ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ގައުމީ ކަންކަމުގެ އިދިކޮޅުން ވެސް އަދި ސަރުކާރުން ވެސް ހިޔާލު އެއްގޮތްކުރަންޖެހޭނެކަމަށެވެ.