ads
ހުޅު މީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
މަޖިލީހުގެ މެންބަރުން އިތުރުވަމުން ދާ ދިއުން ހުއްޓުވުމަށް ބިލެއް
މަޖިލީހުގެ މެންބަރުން އިތުރުވަމުން ދިއުން ހުއްޓުވުމަށް ބިލެއް ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވައިފިއެވެ.

އިލްޔާސް ލަބީބް މި ބިލު ހުށަހަޅުއްވަމުން ވިދާޅުވީ، ބިލުގެ މަގުސަދަކީ ރާއްޖޭގެ އާބާދީ އިތުރުވަމުން ދާ މިންވަރަކަށް މަޖިލީހުގެ މެންބަރުން އިތުރުވަމުން ދާދިއުން ހުއްޓުވުމާ، އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ނިސްބަތް މަޖިލީހުގަ އިތުރުކުރުން ކަމަށެވެ. 

މި ބަލަކީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާ އިސްލާހުކުރަން ހުށަހަޅާފައިވާ ބިލެކެވެ. 

މިގޮތުން އިސްލާހު ހުށަހަޅުއްވާފަ ވަނީ ޖުމްލަ 76 މެންބަރުންގެ މައްޗަށް މަޖިލީސް ކަނޑައެޅުމަށެވެ. މިގޮތުން މެންބަރުންގެ އަދަދު ބަހާލާފައިވަނީ، އިދާރީ ދާއިރާތައް ތަމްސީލުކުރަން 55 މެންބަރުން، ހުރިހާ އިދާރީ ދާއިރާރައް ތަމްސީލުކުރާނެ 8 އަންހެން މެންބަރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާނެ 2 މެންބަރުން އަދި ވޯޓުލިބޭ މިންވަރަކުން ސިޔާސީ ޕާޓީތަކުން އައްޔަނުކުރާ 11 މެންބަރުންނެވެ. 

މިގޮތުން އިލްތާސް ލަބީބް ވަނީ އިދާރީ ދާއިރާތަަކަށް މަޖިލީސް މެންބަރުން އައްޔަނުކުރާނެ ނިސްބަތުގެ ޖަދުވަލެއް ވެސް ގާނޫނު އަސާސީގަ ހިމެނުމަށް ހުށަހަޅާފައެވެ. 

ޑިމޮކްރެޓްސްގެ ފަރާތުން ނިމުނު ރިޔާސީ އިންތިހާބުގަ ވާދަކުރެއްވިއިރު ވެސް، އިލްޔާސް ލަބީބް ވަނީ ޑިމޮކްރެޓުސްގެ ވެރިކަމެއްގަ މި ބަދަލުތައް ގެނައުމަށް ވައުދުވެސް ވެ ލައްވާފައެވެ. 

67%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް