މިކަން މަހްލޫފް އިއުލާނު ކުރެއްވީ މިއަދު އެވެ. އޭނާ އެދިލެއްވީ އޭނާއަށް މޭޔަރު ކަމަށް ތާއީދު ކުރުމަށެވެ.
މާލޭ މޭޔަރުކަމުގެ މަގާމު ހުސްވަނީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގަ ވާދަކުރައްވާ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވި ވަޑައިގެންފައިވާތީއެވެ.
ނޮވެންބަރު 17 ވަނަ ދުވަހު މާލޭ މޭޔަރު ކަމުގެ ގޮނޑި ހުސްވި ނަމަވެސް، އަދި ބައި އިލެކްޝަން ބާއްވާނެ ދުވަހެއް ހާމައެއް ނުކުރެއެވެ.