ހަމަލާ ދިން މީހާ އެރަށު ބަޔަކު ނުކުމެ ވަނީ ހިފަހައްޓާފައެވެ.
ފުލުހުން ބުނީ ހަނިމާދޫ ގެއަކަށް މީހަކު ވަދެ، އެގޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކަށް އަނިޔާ ކޮށް، ފައިސާ ފޭރުނު މައްސަލަ ރޭ 23:45 ކަން ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
"މިހާދިސާގައި އަނިޔާވެފައި ވަނީ 63 އަހަރުގެ ދިވެހި ފިރިހެނަކަށް. އެ މީހާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނީ،" ފުލުހުން މިއަދު ބުންޏެވެ.
މި މައްސަލަ އާއި ގުޅިގެން 25 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށާ ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
މި ހަމަލާ ހަނިމާދޫގަ ދީފަ މިވަނީ މިފަދަ ހަމަލާއެއް އައްޑޫސިޓީގަ ދިންތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.
އައްޑޫ ސިޓީގަ މިދިޔަ ހަފްތާ ތެރޭގަ ވަނީ އުމުރުން 80 އަހަރުން މަތީ މީހެއްގެ ގެއަށް ވަދެ ފޭރިފައެވެ.