ads
ޖިއްދާގެ ކިންގް ޢަބްދުﷲ ސްޓޭޑިއަމް
ސައުދީން 2034 ވަނަ އަހަރުގެ ވޯލްޑްކަޕަށް ބިޑްކުރަނީ
ފީފާ ވޯލްޑްކަޕް 2034 ވަނަ އަހަރު ހޯސްޓްކުރަން، ސައޫދީ އަރަބިއްޔާއިން ބިޑްކުރަން ތައްޔާރުވެއްޖެ އެވެ.

ފީފާ ވޯލްޑްކަޕް 2034 ވަނަ އަހަރު ހޯސްޓްކުރަން، ސައޫދީ އަރަބިއްޔާއިން ބިޑްކުރާކަން ރަސްމީކޮށް އިއުލާން ކުރެއްވީ ސައޫދީ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދުގެ ފަރާތުން ސައޫދީ ފުޓްބޯޅަ ފެޑަރޭޝަނުންނެވެ.

ސައުދީން 2034 ވަނަ އަހަރުގެ ވޯލްޑްކަޕަށް ބިޑް ކުރާނެ ކަން އިއުލާންކޮށް ބުނީ، މިހާތަނަށް ބޭއްވޭ އެންމެ ފެންވަރު ރަނގަޅު މުބާރާތް ބާއްވާނީ ސައުދީ އަރަބިއްޔާގައި ކަމަށެވެ. ސައޫދީ ފެޑަރޭޝަނުން ބުނީ އެ ގައުމުން ބޭނުންވަނީ ދުނިޔޭގެ އެންމެ އެކަތިގަނޑަކަށް ހަދައި އުފާވެރިކަމާއި ހަމަޖެހުން ގެނުވޭނެ ފެންވަރުގައި ވޯލްޑްކަޕް ބާއްވަން ކަމަށެވެ.

ސައޫދީ އަރަބިއްޔާއިން ވޯލްޑްކަޕް ބާއްވަން އެންމެ ބޮޑަށް ބޭނުންވީ، މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ފުރިހަމަ ކަމާއެކުއެވެ. ވޯލްޑްކަޕަށް ސައުދީން ބިޑް ކުރާކަން އިއުލާން ކުރިއިރު، ސައުދީ ލީގުގައި މިހާރު ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ކުޅެއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް