ads
ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ޑިމޮކްރެޓްސްގެ ސައިފް މޭޔަރުކަމަށް
މާލޭ ސިޓީ ކައުންސިލް މެމްބަރު ސައިފް ފާތިހް، މޭޔަރުކަމުގެ މަގާމަށް ކުރިމަތިލާން ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އިއްޔެގެ ވަގުތެއްގައި މާލޭ ސިޓީ މޭޔަރުކަން ކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަގާމުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހަވާލުކޮށްފަ އެވެ. 

ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާކުރައްވަން ހަމަޖެހިފައިވާއިރު، އެ ދުވަހުން ފެށިގެން މޭޔަރުކަމުގެ މަގާމު ހުސްވާނެ އެވެ. 

އެގޮތުން މިވަގުތު މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިިރާގެ މެމްބަރުކަން ކުރައްވާ ސައިފް ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވަނީ މޭޔަރުކަމުގެ މަގާމަށް "ކުރިމަތިލާން ގަސްތުކުރާކަން" ކަށަވަރުކޮށްދެއްވާފައެވެ.

މިހާރުވެސް މޭޔަރުކަމުގެ މަގާމަށް ބައެއް ފަރާތްތަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ. އެގޮތުން މިހާރުގެ ޔޫތު މިނިސްްޓަރު އަހުމަދު މަހުލޫފް ފާހަގަކޮށްލެވެ އެވެ. 

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ކައުންސިލް އުމުރު ތެރޭގައި ކައުންްސިލް މެމްބަރެއްގެ މަގާމު ހުސްވެެއްޖެ ނަމަ 14 ދުވަހުގެ ތެރޭގައި އެލްޖީއޭއިން އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގަން ޖެހެއެވެ. އެލްޖީއޭއިން އަންގާ ތާރީހުން ފެށިގެން އެންމެ ލަސްވެގެން 60 ދުވަސްތެރޭ ހުސްވި މަގާމަށް މެމްބަރަކު އިންތިހާބުކުރަން ޖެހެއެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް