ޕްލޭނިން މިނިސްޓްރީން ބުނީ އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ޒޯން ފަހެއް (ގއ އަދި ގދ އަތޮޅު) އާއި ޒޯން ހައެއް (އައްޑު އަތޮޅާއި ފުވައްމުލައް) ހައިވޭލިންކް އަދި ޒޯން ހައެއްގެ އެތެރޭގައި ކުރާ އާރުޓީއެލް ފެރީ ދަތުރުތަކަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން އަގު ނެގުމަށް ނިންމާފައިވާ ކަމަށެވެ.
އާރުޓީއެލްގެ ހިދުމަތް ދެމުން އަންނަނީ އަތޮޅުތެރޭގެ ދަތުރުތަކުގެ އިތުރުން ކައިރި އަތޮޅުތަކަށް މި ނިޒާމުގެ ތެރެއިން ހައި ސްޕީޑް ފެރީގައި ދަތުރުކުރެވޭ ގޮތަށެވެ. ގއ، ގދ އާއި ފުވައްމުލައް އަދި އައްޑޫ ސިޓީ ހިމެނޭހެން ހައިވޭ ލިންކްގައި 10 ދަތުރެއް ކުރުމަށް ވަނީ ހަމަޖައްސާފައެވެ.
ދަތުރުތަކުގެ ރޫޓްތަކާއި އަގުތައް:
ޒޯން ފަހެއްގައި ހިމެނޭ ހުވަދު އަތޮޅުގައި ރަސްމީކޮށް އާރުޓީއެލް ހިދުމަތް ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ޒޯން ހައެއްގައި ހިމެނޭ ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީއަށް ދަތުރުތައް ފަށައި ޒޯން ފަހެއްގައި ހިމެނޭ ގއ. އަތޮޅާއި ގދ. އަތޮޅާ ހައިވޭލިންކަކުން ގުޅާލާފައިވާ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުއެވެ.
އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހއ، ހދ. އަދި ށ. އަތޮޅުގައި އެމްޓީސީސީގެ ފަރާތުން އަންނަނީ އާރުޓީއެލް ފެރީގެ ހިދުމަތް ދެމުންނެވެ. އޭގެ އިތުރުން އެ ކުންފުނިން ވަނީ ދެވަނަ ފިޔަވަހީގަައި ހިމެނޭ ޅ، ގއ، ގދ، ޏ އަދި ސ. އަތޮޅުގައި ފެރީގެ ހިދުމަތް ފަށާފައެވެ.
ޅ. އަތޮޅާއި ގއ، ގދ، ޏ އަދި ސ އަތޮޅުގެ އިތުރުން ދެވަނަ ފިޔަވަހީގެ ދަށުން ފެރީގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ނ، ރ އަދި ބ އަތޮޅުގަައެވެ. ތިންވަނަ ފިޔަވަހީގެ ދަށުން ފެރީގެ ނިޒާމުން ގުޅުވާލުމަށް ނިންމާފައިވަނީ ކ، އއ، އދ، ވ، މ، ފ، ދ، ތ އަދި ލ އަތޮޅެވެ.