މި ތުހުމަތުތައް އަންމަޑޭގެ މައްޗަށް ކުރެވޭއިރު، އޭނާ ވަނީ ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދޭނެކަމަށް ބުނެ، އެއީ އޭނާގެ އަގުވައްޓާލުމަށް ކުރާ ތުހުމަތުތަކެއްކަމަށް ބުނެފައެވެ.
އަންމަޑޭއާގުޅޭގޮތުން އަނިޔާ ލިބުނު މީހާގެ ކޮއްކޮއެއް ސޯޝަލް މީޑިއާގަ ބުނެފަަވަނީ އޭނާ އަންހެނަކަށް ޖިންސީގޯނާ ކުރީ އަންހެން މީހާގެ ދަރިފުޅުގެވެސް ކުރިމަތީގައެވެ.
އެ މައްސަލަ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ފުލުހަށްވެސް ހުށަހަޅާފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަަލައިގެ ދިފާއުގަ އަންމަޑޭ ބުނެފައިވަނީ، އޭނާއަކީ ދުވަހަކުވެސް އެއްވެސް އިންސާނަކަށް އަނިޔާވެރިކަން އިސްކޮށްގެން އިންސާނީ ކަރާމާތުގެ އަގު ކުޑަ ރޭޓަކަށް މާރުކޮށްލާނެ މީހެއް ނޫން ކަމަށެވެ.