ads
އެފްއޭއެމްގެ ރައީސް ބައްސާމް ސައުދީގައި
ސައުދީ ވޯލްޑްކަޕް ބިޑަށް ރާއްޖެއާ ލަންކާގެ ތާއީދު
ފީފާ ވޯލްޑްކަޕް 2034 ވަނަ އަހަރު ހޯސްޓްކުރަން، ސައޫދީ އަރަބިއްޔާއިން ކުރާ ބިޑަށް ދިވެހިރާއްޖެއާއި އަވައްޓެރި ލަންކާއިން ތާއީދުކޮށްފިއެވެ.

ފީފާ ވޯލްޑްކަޕް 2034 ވަނަ އަހަރު ހޯސްޓްކުރަން، ސައޫދީ އަރަބިއްޔާއިން ބިޑްކުރާކަން ރަސްމީކޮށް އިއުލާން ކުރެއްވީ ސައޫދީ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދުގެ ފަރާތުން ސައޫދީ ފުޓްބޯޅަ ފެޑަރޭޝަނުން މިދިޔަ ހަފްތާގައެވެ.

ސައުދީން 2034 ވަނަ އަހަރުގެ ވޯލްޑްކަޕަށް ބިޑް ކުރާނެ ކަން އިއުލާންކޮށް ބުނީ، މިހާތަނަށް ބޭއްވޭ އެންމެ ފެންވަރު ރަނގަޅު މުބާރާތް ބާއްވާނީ ސައުދީ އަރަބިއްޔާގައި ކަމަށެވެ. ސައޫދީ ފެޑަރޭޝަނުން ބުނީ އެ ގައުމުން ބޭނުންވަނީ ދުނިޔޭގެ އެންމެ އެކަތިގަނޑަކަށް ހަދައި އުފާވެރިކަމާއި ހަމަޖެހުން ގެނުވޭނެ ފެންވަރުގައި ވޯލްޑްކަޕް ބާއްވަން ކަމަށެވެ.

ސައުދީގެ ބިޑަށް ރާއްޖެއާ އަވައްޓެރި ލަންކާއިންވެސް ވަނީ މިހާރު ތާއީދުކޮށްފައެވެ. އެފްއޭއެމުން ބުނީ، ބުނެފައިވަނީ ސައޫދީ އަރަބިއާއިން ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ބަލާއިރު އެއީ ވޯލްޑްކަޕް ބާއްވަން އެންމެ އެކަށީގެންވާ ގައުމު ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ވަސީލަތްތަކާއި ދަނޑުތަކާއި ގާބިލްކަން ވެސް ސައޫދީގައި ހުރި ކަމަށް ގަބޫލުކުރާ ކަމަށެވެ. ލަންކާއިންވެސް ވަނީ ސައުދީއަށް ތާއީދުކޮށް ސްޓޭޓްމެންޓެއް ނެރެފައެވެ.

ސައޫދީ އަރަބިއްޔާއިން ވޯލްޑްކަޕް ބާއްވަން އެންމެ ބޮޑަށް ބޭނުންވީ، މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ފުރިހަމަ ކަމާއެކުއެވެ. ވޯލްޑްކަޕަށް ސައުދީން ބިޑް ކުރާކަން އިއުލާން ކުރިއިރު، ސައުދީ ލީގުގައި މިހާރު ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ކުޅެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް