ads
ޒްލަޓަން އިބްރޮހޮމަވިޗް
ސައުދީ ލީގަށްދަނީ ކުޅޭކަށް ނޫން، ފައިސާގެ ދަހިވެތިކަމުގައި: ޒްލަޓަން
ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިން ސައުދީ އަރަބިއްޔާއަށް ބަދަލުވަނީ ފުޓްބޯޅަ ކުޅެން ނޫން ކަމަށާއި، އެއީ ހަމަ އެކަނި މުއްސަނދިވާން ކުރާ ކަމެއްކަމުގައި ބުނެ ސައުދީ ލީގަށް ބަދަލުވާ ކުޅުންތެރިންނަށް ސްވިޑްންގެ ޒްލަޓަން އިބްރަހިމޮވިޗް ފާޑު ކިޔައިފިއެވެ.

ކޮންޓްރޮވޯޝަލް ނޫސްވެރިޔާ ޕިއަސް މޯގަންއަށް ދިން އިންޓަވިޔުއެއްގައި ޒްލަޓަން އިބްރަހިމޮވިޗް ބުނީ ސައުދީ އަރަބިއްޔާއަށް ބަދަލުވާ ފުޓްބޯޅަ ކުޅުންތެރިންގެ ލެގަސީއަށް ވުރެ ފައިސާ މުހިއްމު ވަމުންދާ ދިޔުމުގެ ނުރައްކާ އެބައޮތް ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ޕެރިސް ސެއިންޓް ޖާމައިންގެ ކުރީގެ ފޯވާޑް ބުނީ ޗައިނާ އާއި ސައުދީ އަރަބިއްޔާއިން ހުށަހެޅުންތަކެއް ލިބުނު ކަމަށެވެ. އުމުރުން 42 އަހަރުގެ ޒްލަޓާންވަނީ ކާމިޔާބު ކެރިއަރަކަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލާފައެވެ.

ޒްލަޓާންގެ ފާޑު ކިޔުން ސައުދީ ލީގަށް ބަދަލުވާ ކުޅުންތެރިންނަށް އަމާޒުވީއިރު، ކްރިސްޓިއާނޯ ރޮނާލްޑޯ، ރިޔާދު މަހްރޭޒް، ނޭމާ، ކަރީމް ބެންޒެމާ އަދި އިނގިރޭސި މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ފަދަ ހައި ޕްރޮފައިލް ކުޅުންތެރިން މިދިޔަ ދުވަސްތަކުގައިވަނީ ސައުދީއަށް ބަދަލުވެފައެވެ.

ސައުދީ ޕްރޯ ލީގުގައި 2023 ވަނަ އަހަރު ފެށުނީއްސުރެ މާސް ރިކްރޫޓްމަންޓް ޑްރައިވެއް ކުރިއަށްދާއިރު، އެ ލީގުގެ އެންމެ މޮޅު ހަތަރު ކްލަބެއް ކަމަށްވާ އަލް އަހްލީ، އަލް އިއްތިހާދު، އަލް ހިލާލް އަދި އަލް ނަސްރު ވަނީ މަޝްހޫރު ކުޅުންތެރިންނަށް ބޮޑު އިންވެސްޓެއްކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް