ads
ބްރިޖުގެ ހައިވޭގައި މިއަދު ހަވީރު ހަތަރު ކާރު އެކްސިޑެންޓުވެ, ހައިވޭ ގިނަ އިރުތަކަކަށް ބަންދުވި
އެކްސިޑެންޓަށް ފަހު، ހައިވޭގައި ތޮއްޖެހުނު އުޅަނދުތަކުގެ ޓްރެފިކް ހައްލުކޮށްފި
‎ސިނަމާލެ ބްރިޖުގެ ހައިވޭގައި މިއަދު ހަވީރު ހަތަރު ކާރު އެކްސިޑެންޓުވެ, ހައިވޭ ގިނަ އިރުތަކަކަށް ބަންދުވެއްޖެ އެވެ.
Advertisement

ސިނަމާލެ ބްރިޖާއި ހައިވޭ ތޮއްޖެހުނީ ހަތަރު ކާރު ޖެހިގެން ހިނގި އެކްސިޑެންޓަކަށްފަހު އެވެ. މިއާއެކު، ބްރިޖުގެ ޓްރެފިކް ވަރަށް ބޮޑަށް ބަންދުވި އެވެ. އަދި ހުޅުމާލެއަށް ދަތުރުކުރި ގިނަ ބަޔަކު ގަޑިއިރަކަށް ވުރެ ގިނައިރު ޓްރެފިކުގައި މަޑު ކުރަން ވަނީ ޖެހިފައެވެ. 

މިއަދުގެ އެކްސިޑެންޓުގައި އެކަކަށް އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ވެސް މައުލޫމާތު ލިބެެއެވެ. ނަމަވެސް، އޭނާއާ ބެހޭ މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.

ސިނަމާލެ ބްރިޖުގައި މިއަދު ހަތަރު ކާރެއް އެކްސިޑެންޓުވުމުގެ ސަބަބުން އުފެދުނު ޓްރެފިކް ބްލޮކް ހައްލުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ޓްރެފިކް ކޮންޓްރޯލްކޮށް އަލުން ދަތުރުތައް ކުރެވޭ ވަރުވީ ދެ ގަޑިއިރު ވާން އުޅެނިކޮށެވެ. އެކަމަކު އަދިވެސް ޓްރެފިކް ފެންނަނީ ބާރު ބޮޑުކޮށެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް