އިޓާލިއަން ލީގުގައި މިދިޔަ މަހު ޔުވެންޓަސްއާއުދިނޭޒީ ކުޅުނު މެޗަށް ފަހު ހެދި ރެންޑަމް ޑޯޕިން ޓެސްޓްތަކުން ޕޮގްބާ ފެއިލްވެވަނީ ސަސްޕެންޑް ކޮށްފައެވެ. އުދިނޭޒީ އަތުން ޔުވެންޓަސް މިދިޔަ މަހު 20 ވަނަ ދުވަހު މޮޅުވި މި މެޗުގައި ޕޮގްބާ ނުކުޅެއެވެ.
ރެންޑަމް ޓެސްޓުން އެ ދުވަހު ޕޮގްބާ ފެއިލްވުމާ ގުޅިގެން ޕޮގްބާގެ ދެވަނަ ޓެސްޓެއްވެސް ހެދިއެވެ. އަދި ދެ ވަނަ ފަހަރަށް ޓެސްޓްކުރިއިރު ވެސް މަނާ ބޭހަކަށް ޕޮޒިޓިވްވެފައިވާތީ، ބޮޑު ސަސްޕެންޝަނެއް އައުމުގެ ބިރުވަނީ ކުރިމަތިވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ހަތަރު އަހަރުގެ ސަސްޕެންޝަނެއް ޕޮގްބާއަށް އައުމަކީ އެކަށީގެންވާ ކަމެކެވެ.
ސަސްޕެންޝަނާ ގުޅޭ ކަންކަން ފައިނަލްކުރާނީ ޕޮގްބާގެ މެޑިކަލް ރިޕޯޓްގެ ކަންކަން ދިރާސާ ކުރުމަށް ފަހު އަދި ތަހުގީގު މަރުހަލާވެސް ނިމުމުންނެވެ. ތަހުގީގު މަރުހަލާގައި ޕޮގްބާއަށް ދިފާއުވުމަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދޭނެއެވެ.