ads
ސޯޝަލް ސެންޓަރުގައި ބޭއްވި ޝުކުރިއްޔާ ދިވެހިން ޖަލްސާގައި މުއިއްޒު: ވިދާޅުވީ ވީ ވައުދުގެ މަތީ އިރުއަރާ ކޮންމެ ދުވަހަކު ހުންނަވާނެ ކަމަށް - ފޮޓޯ:ޕީޕީއެމް
އިންތިހާބީ ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ތ. ގުރައިދޫއަށް
އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަމަ ދަތުރު ކުރައްވާނީ ތ. ގުރައިދޫއަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

"ވަގުތު ޓީވީ" އިން ފޮނުވި ހާއްސަ ބަސްތީގަތުމެއްގަ މުއިއްޒު ވދިަޅުވީ ގުރައިދޫއަށް ވަޑައިގަތުމަށް ނިންމެވީ، ކެމްޕޭނު ޓީމާ މަޝްވަރާކުރުމަށްފަހު އެންމެ މަތިން ވޯޓުލިބުނު ރަށްތަކަށް އެންމެ ފުރަތަމަ ވަޑައިގަތުމަށް ނިންމަވާފައިވާތީކަމަށެވެ. 

"ހުރިހާ ރަށަކުން ވެސް އަލުން އަޅުގަނޑު އަންނަން ދިޔައީ އެދެމުން. ޕާޓީގެ ލީޑަޝިޕުގައި މަޝްވަރާކޮށް ނިންމީ، އިންތިހާބަށް ފަހު އެންމެ ފުރަތަމަ ޒިޔާރަތް ކުރާނީ، އެންމެ މަތީ ޕަސެންޓޭޖަކުން ވޯޓު ލިބޭ ރަށަކަށްކަމަށް،" މުއިއްޒު ވިދާޅުވިއެވެ. 

އިންތިހާބީ ރައީސް އަށް އެންމެ މަތިން ވޯޓު ލިބިވަޑައިގަތް ރަށަކީ ތ. ގުރައިދޫއެވެ. އެގޮތުން އެއް ފޮށިން 75.6 ލިބިވަޑައިގަތް އިރު އަނެއް ފޮށިން 72.4 ޕަސަންޓު އެރަށުން ލިބިވަޑައިގަތެވެ. 

"އަޅުގަނޑުމެން މަސައްކަތް ފަށައިގަނެ ބައެއް ކަންކަން ސަރުކާރުގެ ތެރޭގައި ވެސް ހަމަޖައްސަން ހުންނާނެ. އެހެން ނަމަވެސް ވަރަށް އަވަހަށް، މާގިނަ ދުވަހެއް ނުވާނެ ގުރައިދޫ އަށް ދާން،" -މުއިއްޒު-

ދާއިމީ ނަތީޖާ ދައްކާގޮތުން ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގަ އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ.  ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ޑރ. މުއިއްޒު އަށް ލިބިވަޑައިގަތީ 129،159 ވޯޓެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް