ads
ޑރ. މުއިއްޒު އިންޑިއާގެ ސަފީރާ ބައްދަލުކުރެއްވުން
ރާއްޖެއިން އިންޑިއާ ސިފައިން ބާލަން އިންޑިއާއިންވެސް އެއްބަސް: ޑރ. މުއިއްޒު
ދިވެހިރާއްޖޭގަ ތިބި އިންޑިއާސިފައިން ބޭލުމަށް އިންޑިއާ ސަފީރު ބައްދަލުކުރެއްވުމުން އެދިލެއްވިކަމަށާއި، އެކަމަށް އިންޑިއާ ސަފީރު ވެސް ދެއްވީ "ޕޮޒިޓިވް" ޖަވާބެއްކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ޓީމުން މިއަދު އާންމުކުރި ވީޑިއޯއެއްގައެވެ. 

އެ ޓީމުން އާންމުކުރި ވީޑިއޯގަ ބުނެފަ ވަނީ އިންޑިއާ ސަފީރާއިއެކު ގެންދެވުނު ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތާއި ގުޅިގެން ޓާގެޓަކީ އަޅުގަނޑުމެންގެ ދައުރުގެތެރޭގައި ވީހާވެސް އަވަހަކަށް އިންޑިއާ ސިފައިން ގެންދިއުން ކަމަށް ދެންނެވިކަމަށެވެ. އަދި އިންޑިއާއިން ވެސް އެކަމުގައި ތިއްބެވީ ޕޮޒިޓިވްކޮށްކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. 

"އަޅުގަނޑު ދެންނެވިން އަޅުގަނޑުގެ ދައުރުތެރޭގަ ގުޅިގެން ކުރެވޭ މަސައްކަތް ނިމޭނީ އަޅުގަނޑުގެ ދައުރު ތެރޭގަ އެބޭފުޅުން އަނބުރާ ގެންދެވިގެން ކަމަށް،" މުއިއްޒު ވިދާޅުވިއެވެ. 

ރިޔާސީ އިންތިހާބުގެ ކެންޕޭނު ތެރޭގައިވެސް ޑރ. މުއިއްޒުގެ ޓީމުން އެންމެ ގިނައިން ދެއްކެވި އެއް ވާހަކައަކީ ރާއްޖޭގަ ތިބި އިންޑިއާ ސިފައިން ބާލާނެކަމުގެ ވާހަކައެވެ. 

މުއިއްޒު މިހެން ވިދާޅުވިނަމަބެސ،ް ރާއްޖޭގަ "ހަތިޔާރާ އެކު" އިންޑިއާ ސިފައިން ތިބިކަމަށް ދެކެވޭ ވާހަކަތަކަކީ "ދޮގު ވާހަކަތަކެއް" ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

64%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
28%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް