ads
ދަރިވަރުންތަކެއް އިމްތިހާނު ހަދަނީ: އޭލެވެލްގައި ކިޔަވައިދޭ ސިލަބަސް ކެމްބްރިޖަށް ބަދަލުނުކުރަން ވަނީ ނިންމާފައި - ފޮޓޯ:އަވަސް
އޭލެވެލްގައި ކިޔަވައިދޭ ސިލަބަސް ކެމްބްރިޖަށް ބަދަލުނުކުރަން ނިންމައިފި
އޭ-ލެވެލްގައި ކިޔަވައިދޭ ސިލަބަސް ކެމްބްރިޖަށް ބަދަލުނުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަހަރު ފަށާ އޭ-ލެވެލްގައި ކިޔަވައިދޭނީ ކެމްބްރިޖް އިންޓަނޭޝަނަލްގެ ސިލަބަސް ކަމަށެވެ. އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބާއްވާނެ ކަމަށް ވެސް އޭރު އެޑިއުކޭޝަނުން ބުނެފައިވެއެވެ.

އެހެންނަމަވެސް، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެފައިވާ ގޮތުގައި މި ވަގުތު އޭ-ލެވެލްގައި ކިޔަވައިދޭ އެޑެކްސެލްގެ ސިލަބަސް، ކެމްބްރިޖަށް ބަދަލުކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ ކުރީގެ ނިންމުން އެޑިއުކޭޝަން މިނިސްޓްރީން ބަދަލުކޮށްފައިވާ ކަމުގައެވެ.

އިހުސާން ވިދާޅުވީ މިދިޔަ މަހު ފަށާފައިވާ އޭ-ލެވެލްގައި ދަރިވަރުންނަށް ކިޔަވައިދެނީ ކުރީގައި ކިޔަވައިދެމުން އައި އެޑެކްސެލް ކަމަށެވެ. ސިލަބަސް ބަދަލުކުރުމާ ގުޅޭ އެންގުން ބާތިލުކަމަށް ސްކޫލުތަކަށް އަންގާފައިވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން އޭރު ވިދާޅުވެފައިވަނީ އޭ-ލެވެލްގެ ސިލަބަސް ބަދަލުކުރަން ނިންމީ ދަރިވަރުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމަށް ކަމަށެވެ. އޯ-ލެވެލްގައި ކެމްބްރިޖު ސިލަބަސް ކިޔެވުމަށްފަހު، އޭ-ލެވެލްގައި އާ މަންހަޖަކަށް ބަދަލުވުމަށް ދަރިވަރުންނަށް އުނދަގޫތައް ކުރިމަތިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އެކަމާ ގުޅިގެން އޭ-ލެވެލްގެ މެދުތެރެއިން ކިޔެވުން ހުއްޓާލާ ދަރިވަރުން ގިނަ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް