ads
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ) ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު-
މޯދީއަށް ދައުވަތް ދިނީ ފުރަތަމަ ދުވަހު ސިފައިން ބޭލުމުގެ މަސައްކަތް ފެށުމަށް
ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރު މޯދީއަށް ދައުވަތް ދިނީ އެގައުމުގެ ސިފައިން ބޭލުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން ކުރެއްވުމަށް ކަމަށް ނައިފަރު ދާއިރާ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
Advertisement

ހުވާ ކުރުމުގެ ރަސްމިއްޔާތައް ބޮޑުވަޒީރު މޯދީއަށް ދައުވަތް ދިނުމުން ބައެއް ފަރާތްތަކުން ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައި ޝިޔާމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުއިއްޒު އަކީ ތަފާތު ބޭފުޅެއް ކަމަށެވެ. 

your imageނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޝިޔާމް ވިދާޅުވީ ހުވާކުރުމުގެ ރަސްމިއްޔާތައް އިންޑިއާގެ ބޮޑުވަޒީރަށް ދައުވަތް ދެއްވުމަކީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ފައްޓަވާނެކަމުގެ "އަލިގަދަ ދަލީލެއް" ކަމަށެވެ. 

ހުވާކުރުމުގެ ރަސްމިއްޔާތައް އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ދައުވަތް ދެއްވާނެކަމަށް އެންމެ ފުރަތަމަ ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ. 

ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިންތިހާބީ ރައީސް ޑރ.މުއިއްޒުގެ ޓްރާންސިޝަނަލް ޓީމުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މޯދީ ބައިވެރިވެވަޑައިގެންނެވުމަށް އެދޭ ކަމަށާއި، އެހެންކަމުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް މޯދީއަށް ދައުވަތު ފޮނުއްވާނެ ކަމަށެވެ. 

ރައީސުމްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ކަންތައްތައް އިންތިޒާމު ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. 

މޯދީވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. 

ޑރ.މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު އަރުވާއިރު، އިންތިހާބުގެ ކެމްޕޭން ތެރޭގައި ވެސް އެންމެ ބޮޑަށް މިހާރުގެ ސަރުކާރަށް އަމާޒުވި ފާޑު ކިއުމަކީ އިންޑިއާގެ ނުފޫޒުގެ މައްސަލައެވެ. ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބޭ މައްސަލައާއި އިންޑިއާއިން ނަގަމުންދާ ލޯނުތަކުގެ މައްސަލައާއި ސްޓްރެޓެޖިކް ބޮޑެތި ބައެއް މަޝްރުއުތައް އިންޑިެއާގެ ކުންފުނިތަކާއި ހަވާލު ކުރަމުން ދިޔަ މައްސަލައެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް