ads
ވައިޓީއޭ އާއި އެލިއާ ގުޅިގެން ކުރިއަށް ގެންދިޔަ ޔަމަހާ ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމުގެ ތެރެއިން - ފޮޓޯ:އެލިއާ
ވައިޓީއޭ އާއި އެލިއާ ގުޅިގެން ކުރިއަށް ގެންދިޔަ ޔަމަހާ ޓެކްނިކަލް ޓްރެއިނިން ނިންމައިފި
ޔަމަހާ ޖަޕާނުގެ ޓެކްނިކަލް އެކަޑަމީ އާއި އެލިއާ އިންވެސްޓްމަންޓްސް ގުޅިގެން ކުރިއަށް ގެންދިޔަ ވައިޓީޓީ ޔަމަހާ ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމް ނިންމާލައިފިއެވެ.
Advertisement

އެލިއާއިން ބުނީ މި ޓްރެއިނިން އަމާޒުކުރެވިފައިވަނީ ރާއްޖޭގައި ޔަމަހާ އިންޖީނު ސާވިސްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން އެކި އިދާރާތަކުންނާއި އަމިއްލަ ކުންފުނިތަކުން ޖުމްލަ 25 ފަރާތެއް ވަނީ މި ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކޮށްފައި ކަމަށް އެލިއާއިން ބުނެއެވެ. އެލިއާއިން ބުނެފައިވަނީ ޔަމަހާގެ އިރުޝާދާ އެކު މި ޓްރެއިނިން ފޯރުކޮށްދީފައިވަނީ ޔަމަހާ ސާޓިފައިޑް އަދި އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ އެލިއާގެ ސީނިއަ މެކޭނިކުންގެ ޓީމަކުން ކަމަށެވެ.

your imageވައިޓީޓީ ޔަމަހާ ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމް ނިންމާ ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:އެލިއާ

ޔަމަހާ އާއި އެލިއާގެ ގުޅުމަށް 50 އަހަރު ގުނަމުންދާއިރު، ގިނަ އަދަދެއްގެ ބަޔަކު ޔަމަހާގެ ތަފާތު ޓްރެއިނިންތަކުގައި ބައިވެރިވެފައިވާކަން ފާހަގަ ކުރެވޭ ކަމަށް އެލިއާއިން ބުނެއެވެ. އެލިއާއިން ބުނި ގޮތުގައި ނިމިގެން މިދިޔަ ޓްރެއިނިން ކުރިއަށް ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ކަމުގައެވެ. މި ޓްރެއިނިންގައި ތިއަރީ އަދި ޕްރެކްޓިކަލް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެލިއާއިން ބުނީ މިފަދަ ޓްރެއިނިންތަކުގެ މަގުސަދަކީ ރާއްޖޭގެ ކަނޑުތަކަށް ވިދުން ގެނެސްދޭ ޔަމަހާ އައުޓްބޯޑު އިންޖީނުތަކުގެ ސާވިސް، ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. ޔަމަހާގެ އައުޓްބޯޑު އިންޖީނުތައް ވަނީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކުރެވި، ކަސްޓަމަރުންގެ އިތުބާރު ހޯދާފައި ކަމަށް އެލިއާއިން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ ކޮންމެ ވަގުތެއްގައިވެސް އިންޖީނުތަކުގެ ސްޕެއާ ޕާޓްސް ޔަމަހާގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަ އެލިއާއިން ލިބުމަކީ ޔަމަހާގެ ކަސްޓަމަރުންގެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

your imageވައިޓީއޭ އާއި އެލިއާ ގުޅިގެން ކުރިއަށް ގެންދިޔަ ޔަމަހާ ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމުގެ ތެރެއިން - ފޮޓޯ:އެލިއާ

އެލިއާއިން ބުނި ގޮތުގައި އެ ކުންފުނީގެ އުންމީދަކީ މިފަދަ އިތުރު ޓްރެއިނިންތައް ރާއްޖޭގައި ތިބެ ހާސިލުކުރުމުގެ ފުރުސަތު ވީހާވެސް ގިނަ މެކޭނިކުންނަށް ފަހިކޮށްދިނުން ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް