ads
އާރުޓީއެލް ފެރީއެއް: އާރުޓީއެލްގެ ހުވަދޫ އަދި ޏ. އާއި ސ. ގުޅާލާ ހައިވޭ ލިންކުން އަގު ނަގަން ވަނީ ފަށާފައި - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
އާރުޓީއެލްގެ ހުވަދޫ، ފުވައްމުލައް އަދި އައްޑޫ ގުޅާލާ ހައިވޭ ލިންކުން އަގު ނަގަން ފަށައިފި
ރާއްޖެ ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ޒޯން ފަހެއްްގެ (ގއ/ގދ) ހުވަދު އަތޮޅާ އަދި ޒޯން ހައެއްގެ (ޏ/ސ) އަތޮޅާ ގުޅާލަދޭ ހައިވޭ ލިންކުން މިއަދުން ފެށިގެން އަގު ނެގުމަށް ވަނީ ހަމަޖެހިފައި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
Advertisement

އެމްޓީސީސީން ބުނީ އާރުޓީއެލް ފެރީގެ ހިދުމަތުގެ އެ ރޫޓު ބޭނުންކުރާ ކަސްޓަމަރުންނަށް ރެއިން ފެށިގެން އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. ހިލޭ ދަތުރުކުރެވޭ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވުމާ އެކު، ރަށު ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނެފައިވަނީ ކިއުއާރް ޓިކެޓް ގަންނާނެގޮތުގެ ވީޑިއޯ އެ ކުންފުނީގެ އާރުޓީއެލް ޔޫޓިއުބް ޗެނަލް އަދި މީސް މީޑިއާ މަންސަތަކުގައި ޝާއިއު ކުރެވިފައިވާނެ ކަމަށެވެ. އަދި އާރުޓީއެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯ އަދި ގޫގްލް ޕްލޭ ސްޓޯއިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި އަގުނަގައިގެން ހިދުމަތް ދޭން ފެށުނު ކަމުގައި ވީނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމުގައެވެ.

އާރުޓީއެލް ފެރީ ހިދުމަތުގެ ޝެޑިއުލް އާރުޓީއެލް ވެބްސައިޓުން އަދި އާރުޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށާއި ހިދުމަތާ ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ނަމަ އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް އެމްޓީސީސީން އެދެއެވެ.

އެމްޓީސީސީން ބުނީ ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެ ކުންފުނީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާ އެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް