ads
ފުލަމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ފުލުގައި އޮތް ޝެފީލްގެ މައްޗަށް ފުލަމް ކުރިހޯދައިފި
އިނގިރޭސި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑާއި ބައްދަލުކުރި މެޗު ފުލަމްއިން ކާމިޔާބު ކޮށްފިއެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. 

ފުރަތަމަ ހާފުގައި ފުލަމްގެ ޑިފެންޑަރު ކްރިސް ބަޝަމްގެ ފަޔަށް ލިބުނު ސީރިއަސް އަނިޔާއަކާއެކު އޭނާއަށް ދަނޑުމަތީގައި ފަރުވާ ދިނުމަށް 13 މިނެޓު ކުޅުން މެދުކަނޑާލިއެވެ. އެއަށްފަހު އޭނާ ވަނީ އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ފުލަމްއަށް ލީޑު ނަގައިދިނީ ޑިކޯޑޯވާ-ރީޑްއެވެ. އޭގެފަހުން ފުލަމްގެ ރޮބިންސަން އަތުން ބައިކޮޅަށް ލަނޑެއް ވަނުމާއެކު ޝެފީލްޑަށް ލީގުގެ ފުރަތަމަ މޮޅު ހޯދުމަށް އުންމީދެއް ލިބުނެވެ. 

ނަމަވެސް ޝެފީލްގެ ފޮޑެރިންހަމް އަތުން ބައިކޮޅަށް ލަނޑެއް ވަދެ، އަނެއްކާވެސް ފުލަމްއަށް ލީޑު ލިބުނީއެވެ. ފުލަމްގެ ފަހު ލަނޑު، މެޗުގެ ފަހު ވަގުތުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ވިލިއަންއެވެ. 

މި ނަތީޖާއާއެކު ފުލަމް ވަނީ ޖުމްލަ 11 ޕޮއިންޓާއެކު ތާވަލުގެ 12 ވަނައަށް ޖެހިލާފައެވެ. ފުލުގައި އޮތް ޝެފީލްޑަށް ލިބެނީ އެންމެ ޕޮއިންޓެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް