ads
ހުޅުމާލޭ ފޭސްޓޫ ހިޔާ ފްލެޓް
ހިޔާ ފްލެޓުން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓް ޓަވަރަކުން ވެއްޓުނު ކުއްޖަކު ނިޔާވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ހިޔާ ފެލްޓު ޓަވަރަކުން ކުއްޖެއް ވެއްޓުނުކަން އެއިދާރާއަށް ރިޕޯޓުކޮށްފައިވަނީ މިރޭ 11:58 ހާއިރުއެވެ. އަދި ވެއްޓިފައިވަނީ ހިޔާ ފްލެޓުގެ ހަވަނަ ޓަވަރުގެ 12 ވަނަ ފަންގިފިލާއިން ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. 

ވެއްޓުނު ކުއްޖާ އަކީ 15 އަހަރުގެ ފިރިހެން ކުއްޖެކެވެ. 

އެކުއްޖާ ވެއްޓުމާއެކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. 

މި ހާދިސާ ހިނގި މަންޒަރު ދުށް ކަމަށްބުނާ މީހަކާ ހަވާލާދީ ބައެއް ރިޕޯޓްތައް ބުނަނީ، އެ ކުއްޖާ ވެއްޓުނީ ޕާކުކޮށްފައި އޮތް ކާރެއްގެ މައްޗަށް ކަމަށެވެ. 

އެ ކުއްޖާ ނިޔާވިކަމަށް ކަނޑައެޅިކަން ފުލުހުން ހާމަކުރީ މިރޭ އެކެއް ޖަހާކަންހާއިރުއެވެ. 

27%
ކަމުގޮސްފި
36%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް