ads
ކުރީގެ ރައީސް ޔާމީން އަރިހުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު
ޕީޖީން އެދިގެން ރައީސް ޔާމީން މައްސަލަ މިއަދުވެސް ކެންސަލް
ރިޔާސީ އިންތިހާބު ނިމުނު ފަހުން ފުރަތަމަ ފަހަރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ކޯޓަށް ހާޒިރު ކުރުމަށް ތާވަލުކޮށްފައިވާ އަޑު އެހުން، ދައުލަތުން އެދިގެން ކެންސަލް ކޮށްފިއެވެ.

ރައީސް ޔާމީން މިއަދު މެންދުރު ފަހު 2 ޖަހާއިރަށް ހައިކޯޓަށް ހާޒިރު ކުރަން އޮތީ ތާވަލުކޮށްފައެވެ. އެއީ އެ މަނިކުފާނު މިހާރު ތަންފީޒު ކުރަމުންދާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑު އެހުމަށެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ނިމުމާއެކު، ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް ޔާމީންވަނީ ގެއަށް ބަދަލުކޮށްފައެވެ. މިއަދަށް ތާވަލުކޮށްފައިވާ އަޑު އެހުމަކީ ރިޔާސީ އިންތިހާބަށް ފަހު ބާއްވަން މަސައްކަތް ކުރާ ދެވަނަ އަޑު އެހުމެވެ. މިއަދުގެ އަޑު އެހުން ކެންސަލްވީ ޕީޖީން އެދިގެން ކަމަށް ހައިކޯޓުން ބުންޏެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް ހައިކޯޓަކުން ނުދެއެވެ. 

ދައުލަތުން އެދިގެން މިއަދުގެ އަޑު އެހުން ކެންސަލް ކުރިއިރު، މިދިޔަ ހަފްތާގެ އަޑު އެހުން ކެންސަލްވީ ސަރުކާރު ބަންދުވުމުންނެވެ. މީގެ ކުރިންވެސް ޕީޖީން އެދިގެން މި މައްސަލަ ކެންސަލްކޮށްފައިވެއެވެ. 

ދެ މައްސަލައެއްގައި 11 އަހަރަށް ރައީސް ޔާމީން ޖަލަށްލާން މިދިޔަ ޑިސެމްބަރު މަހު ކުރި ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް މިހާރުވަނީ ނިމުމަކާ ގާތްވެފައެވެ.

ރިޔާސީ އިންތިހާބުގައި ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކޮށްފައިވާތީ، ރައްޔިތުންގެ ނިންމުމާ އެއްގޮތަށް އެއްވެސް ޝަރުތަކާ ނުލައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ޖިނާއީ ދައުވާތައް އަނބުރާ ގެންދިއުމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުންވަނީ ގޮވާލައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް