ads
ސްޓެލްކޯ ބިލްޑިން
އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ސްޓެލްކޯގަ
"އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ 5 ވަނަ ފަންގިފިލާގައި ހިންގަން ފަށައިފިއެވެ.

އިންތިގާލީ މަރުހަލާގެ ކަންކަން ބެލެހެއްޓުމަށް މި އޮފީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވީ މިދިޔަ ހަފްތާގައެވެ. އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންއަށް ހަމަޖައްސަވާފައިވަނީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަމީން އަބްދުﷲ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ހަމަޖައްސަވައިފައިވަނީ، ސެކްރެޓެރީ، ކޯޕަރޭޓް ސަރާވިސް، ހުސައިން އާމިރެވެ.

މި މަރުހަލާގެ މަސައްކަތްތައް ކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ވަނީ 15 ޓީމެއް އެކުލަވާލާފައެވެ.

ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކަށާއި، ސަރުކާރުގެ އިދާރާތަކުގެ އިސް މަގާމުތަކަށް އަތުވެދާނެ ބަދަލުތަކަކަށް ތައްޔާރުވުމުގެ ގޮތުން ކުރައްވަންޖެހޭ ކަންތައްތައް ކުރުމަށް ރައީސް ސޯލިހު ވަނީ އަންގަވާފައެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާކުރައްވަން ހަމަޖެހިފައިވަނީ އަންނަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް