ads
މުހްތާޒް އަދި ޔާމީން
އިންތިގާލީ މަރުހަލާގައި އިސްފަނޑިޔާރު ނެގުން ރަނގަޅެއް ނޫން: މުހްތާޒް
އިންތިގާލީ މަރުހަލާގައި ހައިކޯޓާއި ސިވިލް ކޯޓަށް އިސް ފަނޑިޔާރުން ނެންގެވުން ރަނގަޅެއްނޫން ކަމަށް، ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގައި 17 އަހަރަށް ޖަލަށްލާން ކުރިން ހުކުމް ކުރި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް ސަރުކާރާ ހަވާލުވުމުގެ މަރުހަލާ ފެށިފައިވަނިކޮށް، އަލަށް އައްޔަނުކުރެވޭ އެޓާރނީ ޖެނެރަލް އާއި ރައީސުލްޖުމުހޫރިއްޔާ އައްޔަނުކުރައްވާ މެމްބަރު ޖޭ.އެސް.ސީ އާއި ގުޅިވަޑައިގަތުމުގެ ކުރިން ހައިކޯޓާއި ސިވިލް ކޯޓަށް އިސް ފަނޑިޔާރުން ނެންގެވުން ރަނގަޅެއްނޫން ކަމަށް، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ ވިދާޅުވީ، ހައިކޯޓާ ސިވިލް ކޯޓަށް އިސް ފަނޑިޔާރުން ނެގުމަށް ޖޭއެސްސީން އިއުލާން ކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އިންތިގާލީ މަރުހަލާގައި އިސް ފަނޑިޔާރުން ނެގުން ރަނގަޅު ނޫން ކަމަށް ކުރީގެ ޕީޖީ ވިދާޅުވިޔަސް އެކަމުގައި ގާނޫނީ އެއްވެސް މައްސަލައެއް ނެތެވެ. އަނެއްކޮޅުން ހައިކޯޓަށް އިސްފަނޑިޔާރެއް ނަގަން ކުރިންވެސް އިއުލާން ކުރިއެވެ. އަދި ސިވިލް ކޯޓަށް އިސްގާޒީއެއް ނަގަނީ އެ މަގާމުގައި ހުންނެވި ގާޒީ ކުއްލި ގޮތަކަށް ނިޔާވުމުންނެވެ.

އިންތިހާބުގެ ތެރޭގައި ޑރ. މުހައްމަދު މުއިއްޒަށް އެންޑޯސް ކުރެއްވި ކުރީގެ ޕީޖީ މުހްތާޒަކީ، ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، 17 އަހަރަށް ޖަލަށްލީ މީހެކެވެ. އެކަމަކު އެ ހުކުމް ހައިކޯޓުން ފަހުން ބާތިލު ކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް