ads
ވޯޓުލާ މަރުކަޒެއްގެ އެތެރެރެ: ފޮޓޯ އީސީ
ހަރަދު ކުޑަކުރަން މުއިއްޒު އެންގެވުމުން، އީސީން ރަސްމިއްޔާތު ނުބާއްވަން ނިންމައިފި
ރިޔާސީ އިންތިހާބާ ކާމިޔާބު ކުރެއްވުމާ ގުޅިގެން ޑރ. މުހައްމަދު މުއިއްޒުއާ ލިޔުން ހަވާލުކުރަން އިލެކްޝަންސް ކޮމިޝަނުން ބާއްވަން ނިންމި ރައްސްމިއްޔާތު ނުބާއްވަން އެ ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން ބުނީ ރަސްމިއްޔާތު ނުބާއްވަން ނިންމީ ހަރަދުކުޑަކުރުމަށް އިންތިހާބީ ރައީސް އެދިލައްވާފައިވާތީކަމަށެވެ. 

ބައްދަލުވުން ނުބޭއްވިއަސް، އެ ލިޔުން މުއިއްޒު އާ ހަވާލު ކުރާނެކަމަށް އީސީން ބުނެއެވެ.

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވަނީ މިމަހު 4 ވަނަ ދުވަހުއެވެ. 

ދާއިމީ ނަތީޖާ ދައްކާގޮތުން ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގަ އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. 

ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ޑރ. މުހައްމަދު މުއިއްޒު އަށް ލިބިވަޑައިގަތީ 129،159 ވޯޓެވެ. 

ރިޔާސީ އިންތިހާބުގަ ސައްހަ ވޯޓުގެ ގޮތުގަ 239،027 ވޯޓެވެ. ބާތިލު ވޯޓުގެ ގޮތުގަ 7،888 ވޯޓު ލާފައިވެއެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގަ ވޯޓުލުމުގެ ހައްގު 246،915 މީހުންނަށް ލިބިފައިވެއެވެ. ނަމަވެސް ވޯޓު ލާފައިވަނީ 246،915 މީހުންނެވެ. އެއީ ހައްގު ލިބިގެން ވާ މީހުންގެ 87.31 ޕަސަންޓެވެ. 

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް