ads
ޓީޗަރުންނަށް ލައިސެންސްއަށް އެދެވޭ ޕޯޓަލް އިފްތިތާހުކުރި ރަސްމިއްޔާތުގެ ތެރެއިން-
ޓީޗިން ލައިސަންސްއަށް އޮންލައިންކޮށް އެދެވޭގޮތަށް ހަމަޖައްސައިފި
ޓީޗަރުންގެ ލައިސަންސްއަށް "ވަން ގަވް' މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެގޮތަށް ހަމަޖައްސައިފި އެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރުންގެ ލައިސެންސްއަށް އެދެވޭ އަދި ލައިސެންސް ދިނުމަށް ހަމަޖެހިފައިވާ 'ވަން ގަވް' ޕޯޓަލް އިފްތިތާހުކޮށްފަ އެވެ. 

އޮންލައިންކޮށް ޓީޗަރުންނަށް ލައިސެންސްއަށް އެދެވޭ ޕޯޓަލް މިއަދު އިފްތިތާހުކޮށްފައިވާއިރު ޓީޗަރުންނަށް ދޫކުރާ ތިން ބާވަތެއްގެ ލައިސެންސްއެއް ވެއެވެ. އެއީ ޓީޗިން ލައިސެންސް އާއި ސްކޫލް ލީޑާޝިޕް ލައިސެންސްގެ އިތުރުން ސްކޫލް ޕްރޮފެޝަނަލް ލައިސެންސް އެވެ. 

ޓީޗަރުންނަށް ކިޔަވައިދެވޭނީ ލައިސެންސްއެއް އޮވެގެންކަން ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ހިދުމަތުގައި ތިބި ހުރިހާ ޓީޗަރުންވެސް ލައިސެންސް ހޯދަންވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. 

އަންނަ ޖެނުއަރީ ހަތްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ކިޔަވައިދޭ ސްކޫލްތަކުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ ލައިސެންސް އޮވެގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް