ads
ސަލާހް ވަނީ ޕްރިމިއާ ލީގުގައި 144 ލަނޑު ޖަހާފައި
ބްރައިޓަން އާއި ލިވަޕޫލް އެއްވަރުވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ ކޮންމެ ޓީމަކުންވެސް ދެލަނޑު ޖަހާ، އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ބްރައިޓަންއިންނެވެ. ބްރައިޓަންއަށް ލީޑު ނަގައިދިނީ ސިމޯން އެޑިންގްރާއެވެ. 

ނަމަވެސް އޭގެ 20 މިނެޓު ފަހުން ލިވަޕޫލްގެ ކެޕްޓަން މުހައްމަދު ސަލާހް ވަނީ ލަނޑެއް ޖަހާ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ލިވަޕޫލްއަށް ލީޑު ނަގައިދިނީވެސް ސަލާހެވެ. 

ބްރައިޓަންއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައެވެ. އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ލެވިސް ޑަންކެވެ. މި ލަނޑާއެކު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްގެ އަހަރީ ދުވަހުގައި ހޯދުމަށް މަސައްކަތްކުރި ތިން ޕޮއިންޓު ވަނީ ގެއްލިފައެވެ. މިއަދަކީ ލިވަޕޫލްގެ ކޯޗުކަން ކްލޮޕް ކުރާތާ އަށްވަނަ އަހަރީ ދުވަހެވެ. 

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ 17 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނާގައެވެ. ލިވަޕޫލްއަށްވުރެ ޕޮއިންޓެއް މަދުން ލިބިގެން ބްރައިޓަން އޮތީ ތާވަލުގެ ހަވަނާގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް