ads
ސިޓީ އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން
ސިޓީ ފަހަތަށް ޖައްސާލާ، އާސެނަލް ދެވަނައަށް!
އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ފަހަތަށް ޖައްސާލާ، އާސެނަލްއިން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ސިޓީ އާއި ބައްދަލުކުރި މެޗު އާސެނަލްއިން ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު އާސެނަލްއަށް ކާމިޔާބުކޮށްދިނީ އަނިޔާގައި ހުރުމަށްފަހު އަލުން ކުޅުމުގައި ބައިވެރިވި ގަބްރިއެލް މާޓިނޭލީއެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ މާޓިނޭލީ އާސެނަލް މޮޅުކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވަނީ މެންޗެސްޓާ ސިޓީގެ ނަތަން އާކޭ ގައިގައި ބޯޅަ ޖެހި، މިސްރާބު ބަދަލުވެގެން ގޮހެވެ. 

މި ނަތީޖާއާއެކު އާސެނަލްއިން ވަނީ ތާވަލުގެ އެއްވަނާގައި އޮތް ޓޮޓެންހަމާއި ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފައެވެ. ދެޓީމަށްވެސް ލިބެނީ 20 ޕޮއިންޓެވެ. ޓޮޓެންހަމް ކުރީގައި އޮތީ ފައިދާ ގޯލުންނެވެ. 

މި މެޗަށް ނުކުތް އިރު ދެވަނާގައި އޮތީ މެންޗެސްޓާ ސިޓީއެވެ. ނަމަވެސް މެޗުން ބަލިވުމާއެކު އެޓީމު ވަނީ ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. 

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބްރައިޓަން އާއި ލިވަޕޫލް ބައްދަލުކުރި މެޗު ނިމުނީ ކޮންމެ ޓީމަކުންވެސް ދެލަންޑު ޖަހާ އެއްވަރު ވެގެންނެވެ. ވެސްޓް ހޭމް ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗުވެސް ނިމުނީ ހަމަ މި ނަތީޖާއިންނެވެ. ވުލްވްސް އާއި އެސްޓަން ވިލާ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް