ads
ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި
48 ސޮޔާއެކު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި
ރައިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކުރަން 48 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް އެމްޑީޕީން މިއަދު މަޖިލީހަށް ވައްދައިފިއެވެ.

އެ މައްސަލައިގަ ބުނެފައިވަނީ ރައީސް ނަޝީދު މައްސަލަތައް އެޖެންޑާ ކުރައްވަނީ އަމިއްލަ މަސްލަހަތައް ބައްލަވައިގެންކަމަށެވެ. 

"ރައްޔިތުންނަށް ބޭނުންތެރި އެތައް ބިލުތަކެއްގެ މަސައްކަތާއި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކަށް ފާރަވެރިވެ ޖަވާބުދާރީ ކުރުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި ނިންމުމަށް ތަރުތީބު ކޮށްފައި ވަނިކޮށް މަޖިލީހުގެ ރައީސް މައްސަލަތައް އެޖެންޑާ ކުރައްވަނީ އަމިއްލަ މަސްލަހަތު އިސް ކުރައްވައި ވަކި ފަރާތަކަށް ބުރަވެ ހުރެ މަޖިލީހުގެ ގަވައިދާ ހިލާފަށް،" 

މިގޮތުން މަޖިލީހުގެ ޖަލްސާތައް އެތައް ދުވަހެއް ވަންދެން ހުއްޓާލާފައި އޮތުމަށްފަހު، އެމަނިކުފާނުގެ ޕާޓީގެ މަސްލަހަތު އޮންނަ ކަމެއް އެޖެންޑާކުރިކަމަށް ވެސް އެ މައްސަލައިގަ ބުނެފައިވެއެވެ.

މި މައްސަލަ މަޖިލީހުގެ އިދާރާއިން ވަނީ މިއަދު ހެނދުނު ބަލައިގަނެފައެވެ. 

އިދާރާއިން މައްސަަލަ ބަލައިގަތް ނަމަވެސް ރައީސް ނަޝީދު އިއްޔެ ވަނީ އެ މައްސަލަ ކުރިއަށް ނުގެންދަވާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ. 

މަޖިލީހުގެ ވަޓްސް އެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގަ ނަޝީދު ވިދާޅުވެފަ ވަނީ، ކޮންމެ ދައުރެއްގަ ވެސް ހުށަހެޅޭނީ އިތުބާރު ނެތްކަމުގެ އެއް މައްސަލަކަމަށެވެ. 

މީގެ ކުރިންވެސް 52 މެންބަރުންގެ ސޮޔާއެކު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ވޯޓުގެ ކުރިން އެމްޑީޕީން އެ މައްސަލަ އަންބުރާ ގެންދިޔައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް