ފުލުހުން އެކްސްގަ ބުނީ މަކަރާ ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން ޕޯސްޓް އޮފީހުގެ ނަމުގައި އެސްއެމްތަކެއް ދަނީ ފޮނުވަމުން ކަމަށެވެ. މިއީ ސައްހަ މެސެޖުތަކެއް ނޫން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ މިފަދަ މެސެޖުތަކުގައި ހުންނަ ލިންކްތަކަށް ނުފިތުމަށް އިލްތިމާސްކޮށްފައެެވެ.
ސްކޭމް މެސެޖުތަކާއި ފޯނުކޯލުތައް މަައްސަލަ ދޭތެރެދޭތެރެއިން ފެންމަތިވާއިރު، އެފަދަ މެސެޖުތަކާއި ފޯނުކޯލުތަކަށް ހެއްލި ބައެއް މީހުންނަށް އެކިވަރުގެ ފައިސާގެ ގެއްލުން ވަނީ ވެފައެވެ. މިދިޔަ އަހަރު ސްކޭމް މައްސަލަތަކުގެ ގޮތުގައި 23 މިލިއަން ރުފިޔާގެ ފައިސާ ހިމެނޭ 998 މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
ސްކޭމް ކުރުން ހުއްޓުވުމަށް މިދިޔަ އެޕްރީލް މަހު މަލްޓި އޭޖެންސީ ޓާސްކް ފޯހެއް ފުލުހުން ވަނީ އެކުލަވާލާފައެވެ.