ads
2.46 ބިލިއަން ރުފިޔާގެ ޓީ ބިލް ފިނޭންސް މިނިސްޓްރީން ވަނީ ވިއްކާފައި - ފޮޓޯ:އަވަސް
ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޓީ ބިލް ފިނޭންސް މިނިސްޓްރީން ވިއްކައިފި
ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކައިފިއެވެ.
Advertisement

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި 2.46 ބިލިއަން ރުފިޔާގެ ޓީ ބިލް ވަނީ ވިއްކާފައެވެ. އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން ވިއްކާފައިވަނީ:

  • 28 ދުވަހުން އަނބުރާ ދެއްކުމަށް - 1.1 ބިލިއަން ރުފިޔާގެ ޓީ ބިލެއް
  • 98 ދުވަހުން ދެއްކުމަށް - 263.4 މިލިއަން ރުފިޔާގެ ޓީ ބިލެއް
  • 182 ދުވަހުން ދެއްކުމަށް - 79 މިލިއަން ރުފިޔާގެ ޓީ ބިލެއް
  • 364 ދުވަހުން ދެއްކުމަށް - 995.5 މިލިއަން ރުފިޔާގެ ޓީ ބިލެއް

ފިނޭންސް މިނިސްޓްރީން ވިއްކި ޓީ ބިލުތަކުގެ އިންޓްރަސްޓް ރޭޓް ހުރީ 3.50 އިންސައްތަ އާއި 4.60 އިންސައްތަ އާ ދެމެދުގައެވެ.

ޓީ ބިލުތަކުގެ އިންޓްރަސްޓް ރޭޓް ހުރިގޮތް:

  • 1.1 ބިލިއަން ރުފިޔާގެ ޓީ ބިލް - 3.50 އިންސައްތަ
  • 263.4 މިލިއަން ރުފިޔާގެ ޓީ ބިލް - 3.87 އިންސައްތަ
  • 79 މިލިއަން ރުފިޔާގެ ޓީ ބިލް - 4.23 އިންސައްތަ
  • 364 މިލިއަން ރުފިޔާގެ ޓީ ބިލް - 4.60 އިންސައްތަ

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޓީ ބިލާއި ބޮންޑަށް ސަރުކާރުން ދައްކަން ޖެހޭ އަދަދު 76 ބިލިއަން ރުފިޔާއަށް އަރައެވެ.

އާންމު ގޮތެއްގައި ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ބައެއް ބޭންކްތަކުންނެވެ. އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީ ބިލް ގަނެއެވެ.

0%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް