ads
އިންތިގާލީ ކޮމިޓީއިން އިސްލާމިކް މިނިސްޓްރީއާއި ބައްދަލުކުރެއްވުބް- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ިިއިންތިގާލީ ކޮމިޓީއިން އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކޮށްފި
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލި އިންތިގާލީ ކޮމިޓީއިން އިސްލާމިކް މިނިސްޓްރީގެ ވެރިންނާ ބައްދަލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު އޮތް ބައްދަލުކުރެއްވުމުގައި ސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ ވަނީ އިންތިހާބީ ރައީސް، ޑރ. މުޢިއްޒަށް މަރުޙަބާ ވިދާޅުވެފައެވެ. 

މިނިސްޓްރީގެ މަސައްކަތް ކުރިއަށްދާގޮތާއި، ޓްރާންސިޝަން ކޮމިޓީން ބޭނުންވާ މަޢުލޫމާތުތައް ފަސޭހަކަމާއިއެކު ފޯރުކޮށްދީ އެހީތެރިވެދިނުމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިހް އިރުޝާދުދެއްވާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ޓްރާންސިޝަން ކޮމިޓީގެ ފަރާތުން ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުވަނީ އެކޮމިޓީއަށް ބޭނުންވާ މަޢުލޫމާތުތައް ފަސޭހަކަމާއިއެކު ހޯދައިދިނުމަށާއި އެ ކޮމިޓީން ކުރައްވާ މަސައްކަތްތަކަށް މިނިސްޓްރީގެ ފަރާތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރައްވާފަ ކަމަށް އެ މިނިސްޓްރީން ބުނެއެވެެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި އިންތިގާލީ ކޮމިޓީން ބޭންވި މައުލޫތައް އެ ކޮމިޓީން ވަނީ މިނިސްޓަރާއި ހިއްސާކޮށްފައެވެ.

އިންތިގާލީ މަސަތްކަތައް އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ފަރާތުން ވަނީ 15 ޓީމެއް އެކުލަވާލާފައެވެ.

ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކަށާއި، ސަރުކާރުގެ އިދާރާތަކުގެ އިސް މަގާމުތަކަށް އަތުވެދާނެ ބަދަލުތަކަކަށް ތައްޔާރުވުމުގެ ގޮތުން ކުރައްވަންޖެހޭ ކަންތައްތައް ކުރުމަށް ރައީސް ސޯލިހު ވަނީ އަންގަވާފައެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާކުރައްވަން ހަމަޖެހިފައިވަނީ އަންނަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް