ads
ރާއްޖޭގެ ރަށަކަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ސޯލިހް މުނުބުރުގާ އެޅި ކަނބަލުން ތަކަކާ ވާހަކަ ދައްކަވަނީ: ފޮޓޯ ރައީސް އޮފީސް
މޫނު ބުރުގާ މައްސަލައިގައި ހައިކޯޓުންވެސް އަމުރު ނުނެރުނު
އަރަބިއްޔާ ސްކޫލް ކުދިން ސްކޫލަށް ދާއިރު މޫނު ބުރުގާ ނޭޅުމަށް އެންގި މައްސަލަ ހޫނުވެ، ކުދިންގެ ހައްގުތަކަށް އަރައިގަތް ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާއެކު ނެރެދެން އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް އެ ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުންވެސް ތާއީދުކޮށްފިއެވެ.
Advertisement

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މޫނު ނިވައިކޮށްގެން ސްކޫލަށް ދިއުމަށް ސްކޫލުން ދީފައިވާ ހުއްދައަކާއެކު އެ ގޮތަށް ސްކޫލަށް ދަނިކޮށް، މި އަހަރު ކުރީކޮޅު، ގެޒެޓްނުކޮށް އެޑިއުކޭޝަނުން އެންގި އެންގުމަކާ ގުޅިގެން އަރަބިއްޔާ ސްކޫލު ކުދިންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭ ކަމަށް ބުނެ އެކަން ހައްލުކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ރެހެންދި ޗެމްބާސް ލޯ ފާމް މެދުވެރިކޮށެވެ. އެ ލޯފާމްގެ ފަރާތުން މި މައްސަލަ ހުށަހެޅީ ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރުއެވެ. ބެލެނިވެރިންގެ ފަރާތުން އެދުނު އަމުރު ސިވިލް ކޯޓުން ނުލިބުމުން ދެން އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ.

މި މައްސަލާގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރެވެންދެން މޫނު ބުރުގާ އަޅާ ކުދިންނަށް ސްކޫލަށް ހާޒިރު ނުވެވޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތާއި، އެޑިއުކޭޝަން މިނިސްޓްރީ އަދި ސްކޫލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެ ދިނުމަށް ވެސް ސިވިލް ކޯޓުގައި އެދުނެވެ. އެކަމާ ގުޅިގެން ސިވިލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައި ވަނީ އެނގެން އޮތް ކަންކަމަށް ބަލާއިރު ވަގުތީ އަމުރަށް އެދޭ ފަރާތްތަކަށް ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު އޮތް ކަމަށް ބެލެވެން ނެތް ކަމަށެވެ.

ހައިކޯޓަށް ދެން އެ މައްސަލަ ހުށަހެޅުމުން ހައިކޯޓުން ނިންމީ، އެ މައްސަލައިގައި ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ކަމެއް ނެތް ކަމަށެވެ. ހައިކޯޓުން މައްސަލަ ނިންމީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މޫނު ބުރުގާ މައްސަލަ ހޫނުވެ، އެ މައްސަލަ ޝަރީއަތާ ހިސާބަށް ދިޔައިރު، މޫނު ބުރުގާ އެޅުމާއި ބެހޭގޮތުން މިފަހަކުން ވަކި ހާއްސާ އެންގުމެއް އަންގާފަ ނުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށް މޫނުބުރުގާ އަޅައިގެން ސްކޫލްތަކަށް ކުދިން ދިއުން މަނާކޮށް އެކަން ސްކޫލްތަކަށް އަންގާގައިވާކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން އެޑިއުކޭޝަންގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވީ، ސްކޫލްތަކަށް ދަރިވަރުން ފޮނުއްވުމުގައި ސްކޫލްތަކުގެ ޔުނިފޯމް ކޯޑް އާއި އެއްގޮތަށް އަމަލުކުރުމަށް އަބަދުވެސް އަންގަމުންދާ ކަމަށެވެ.  އެހެންނަމަވެސް މޫނުބުރުގާ އަޅައިގެން ސްކޫލަށް ދިއުން ހުއްޓުވަން ނުވަތަ އެކަމާއި ބެހޭގޮތުން ވަކި ހާއްސަ އެއްވެސް އެންގުމެއް އަންގާފަ ނުވާނެކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް