ads
2028 ވަނަ އަހަރުގެ އޮލިމްޕިކްސް އޮންނާނީ އެމެރިކާގެ ލޮސް އެންޖަލިސްގައި
އޮލިމްޕިކްސްގައި ކްރިކެޓް ހިމެނޭތޯ ބަލަނީ
އެމެރިކާގެ ލޮސް އެންޖަލިސްގައި 2028 ވަނަ އަހަރު ބާއްވާ އޮލިމްޕިކް ގޭމްސްގައި، ކްރިކެޓް ހިމެނުމަށް މަސައްކަތް ފަށައިފިއެވެ.

ލޮސް އެންޖަލިސް ގޭމްސްގައި ކްރިކެޓް ހިމެނިއްޖެ ނަމަ، އެކަން ވެގެންދާނީ، 100 އަހަރަށްވުރެ ފަހުން ފުރަތަމަ ފަހަރަށް އޮލިމްޕިކްސްގައި ކްރިކެޓް ހިމެނިގެންދާ ފަހަރަށެވެ. މިހާތަނަށް އޮލިމްޕިކްސްގައި ކްރިކެޓް ހިމަނާފައިވަނީ 1900 ވަނަ އަހަރު އެކަންޏެވެ.

ލޮސް އެންޖެލިސް ގޭމްސްގެ ޓީ ޓުވެންޓީ ކްރިކެޓް ހިމެނުމާ ގުޅޭ ގޮތުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ވޯޓަކަށް އަންނަ ހަފްތާގައި ހުށަހަޅާނެ އެވެ. މި ވޯޓު ނަގާނީ، އަންނަ ހަފްތާގައި އިންޑިޔާގައި އޮންނަ އޮލިމްޕިކް ކޮމިޓީގެ ބައްދަލުވުމެއްގައެވެ. އިންޑިޔާއަކީ ކްރިކެޓަށް ފޯރިގަދަ ގައުމަކަށްވާއިރު، މި ވޯޓު ނަގާ ވަގުތު ދިމާވެގެންދާނީ ކްރިކެޓް ވޯލްޑްކަޕް އެ ގައުމުގައި ކުޅެވެމުންދާވެސް ދުވަސްވަރާއެވެ.

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލްގެ ޗެއާމަން ގްރެގް ބާކްލޭ ވިދާޅުވީ މިއީ އެންމެ ފަހުގެ ނިންމުމެއް ނޫން ނަމަވެސް، ގަރުނަކަށް ވުރެ ގިނަ ދުވަސް ފަހުން ފުރަތަމަ ފަހަރަށް އޮލިމްޕިކްސްގައި ކްރިކެޓް ފެނުމަކީ މުހިންމު ކަމެއް ކަމަށެވެ. އޮލިމްޕިކް ކޮމިޓީން ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށް، އެލްއޭ ގޭމްސްގައި ޓީ ޓުވެންޓީ ފިރިހެން އަދި އަންހެން މުބާރާތެއް ވެސް އޮންނާނެ ކަމަށް ބެލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް