ސަމީރު އިއްޔެ މިހެން ވިދާޅުވީ ޓީވީ ޕްރޮގްރާމެއްގަ ރައީސް ނަޝީދުގެ އިތުބާރުގެ މައްސަލައާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ މެޖޯރިޓީ ޕާޓީން އެހެން ނިންމުމުން ވެސް ރައީސް ނަޝީދު އިސްތިއުފާ ނުދެއްވާކަމަށެވެ.
ނަޝީދު މަސައްކަތް ކުރައްވަނީ އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން އިއްޔެ ވަނީ 48 މެންބަރުންގެ ސޮޔާއެކު ނަޝީދު މަގާމުން ވަކިކުރުމަށް ގަރާރެއް ހުށަހަޅާފައެވެ.
އެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރަން ބޭނުންވަނީ 45 ވޯޓެވެ. އެމްޑީޕީގަ މެންބަރުންގެ ގޮތުގަ 50 މެންބަރުން އެބަތިއްބެވެ.