ads
ހިޔާ ޓަވަރުތަކެއް: ޓަވަރަކުން ވެއްޓުނު ކުއްޖާ ކާރަށް އެރުވުމާ ދެކޮޅު ހެދި ކަމަށް ބުނާ ޓެކްސީ ޑްރައިވަރުގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން - ފޮޓޯ:ދުވަސް
ހިޔާއިން ވެއްޓުނު ކުއްޖާ ކާރަށް އަރުވަން ދެކޮޅު ހެދި ޑްރައިވަރުގެ މައްސަލަ ބަލަނީ
ދެވަނަ ފިޔަވަހީގަ ހުންނަ ހިޔާގެ ޓަވަރަކުން ވެއްޓުނު ކުއްޖާ ކާރަށް އެރުވުމާ ދެކޮޅު ހެދި ކަމަށް ބުނާ ޓެކްސީ ޑްރައިވަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

ހިޔާ އެޗް-6 ޓަވަރުގެ 12 ވަނަ ފަންގިފިލާގެ 15 ވަނަ އެޕާޓްމަންޓުން މަގުމައްޗަށް އެކުއްޖާ ވެއްޓިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 11:45 ހާއިރުގައެވެ. އެކުއްޖާ ވެއްޓުމާ އެކު އެސަރަހައްދުގައި އެވަގުތު ތިބި ޒުވާނުންތަކެއް ވަނީ އެކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް އެހީއަށް އެދުމުން، ފުރަތަމަ ކާރުގެ ޑްރައިވަރު އެކަމަށް އިންކާރުކޮށްފައިވާ ކަމަށް އެސަރަހައްދުގައި ތިބި މީހުން ބުނެފައިވާ ކަމަށް ވެއެވެ. ނިޔާވި ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުގައި ހަރަކާތްތެރިވި ޒުވާނުން ބުނެފައިވަނީ ލޭ އުނގުޅި ކާރުގެ ސީޓު ހަޑިވެދާނެ ކަމަށް އެ ކާރުގެ ޑްރައިވަރު ބުނި ކަމަށެވެ.

އެ ހާދިސާ އާ ގުޅޭގޮތުން ފުލުހުންގެ މީީޑިއާ އޮފިޝަލަކު ބުނެފައިވާ ގޮތުގައި އެ ކުއްޖާ ޓަވަރުން ވެއްޓުނު މައްސަލައިގެ ތެރެއިން އިހުމާލުވި ޑްރައިވަރުގެ މައްސަލަވެސް ބަލަމުން އަންނަ ކަމުގައެވެ.

ހިޔާ ޓަވަރުން ވެއްޓުނު ކުއްޖާއަށް ލިބުނު އަނިޔާތަކުގައި އޭނާ ނިޔާވިކަން ހުޅުމާލެ ހޮސްޕިޓަލުން ކަށަވަރު ކޮށްދިީފައިވަނީ އެ ހާދިސާ ހިނގިތާ ގަޑިއެއްހާއިރު ފަހުން އެރޭގެ 12:45 ގައެވެ.

އެހާދިސާގެ މަންޒަރު ދުށް މީހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެކުއްޖާގެ ބޮލަށާއި ފަޔަށް ވަރަށް ބޮޑެތި ޒަހަމުތަކެއް ލިބިފައިވާ ކަމަށާއި ކުއްޖާ ވެއްޓުނު ތަނުގައި ވަރަށް ބައިވަރު ލޭ އޮހޮރިފައި އޮތް ކަމަށެވެ.

ހއ. ދިއްދޫއަށް ނިސްބަތްވާ އެކުއްޖާގެ ޖަނާޒާ ހުޅުމާލެ ސަހަރާ މިސްކިތުގައި ބާއްވާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް