ads
ފޮރިން މިނިސްޓްރީގެ އިމާރާތް: އޮމާނުން ދިވެހިންނަށް އޮން-އެރައިވަލް ވިސާ ދޫކުރަނީ ޝަރުތުތަކާ އެކު ކަމަށް ވަނީ ބުނެފައި - ފޮޓޯ:އަވަސް
އޮމާނުން ދިވެހިންނަށް އޮން-އެރައިވަލް ވިސާ ދޫކުރަނީ ޝަރުތުތަކާ އެކު
ރާއްޖޭން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް އޮން-އެރައިވަލް ވިސާ އެ ގައުމުން ދެނީ ޝަރުތުތަކަކާ އެކު ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ދިވެހިންނަށް ކުރިއާލާ ވިސާ ނެގުމެއް ނެތި އޮމާނަށް ދަތުރު ކުރެވޭނެ ކަމަށް މީގެ ކުރިން ފޮރިން މިނިސްޓްރީން ބުނި ނަމަވެސް އޮން-އެރައިވަލް ވިސާ ދެނީ ވަނީ ވަކި ޝަރުތުތަކަކާ އެކު ކަމަކަށް އޭރު ބުނެފައެއް ނުވެއެވެ.

އޮމާނަށް ދަތުރުކުރުމާ ގުޅޭގޮތުން މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އެ މިނިސްޓްރީން ޝާއިއުކުރި ނޫސްބަޔާނުގައި ދީފައިވާ މައުލޫމާތަކީ އެވަގުތު އޮމާން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ދީފައިވާ ރަސްމީ މައުލޫމާތު ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ އެއަށްފަހު އެ މިނިސްޓްރީއަށް ލިބިފައިވާ ގޮތުގައި، އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެނީ ދެ ޝަރުތެއް ފުރިހަމަވުމުން ކަމަށެވެ. އެގޮތުން:

އިނގިރޭސިވިލާތް، އެމެރިކާ، ޝެންގަންގެ ގައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ ނުވަތަ ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން ނުވަތަ އެއިން ގައުމެއްގެ ރަށްވެހިކަން އޮތުން.

ހޮޓެލް ބުކިން، ދެކޮޅު ޓިކެޓް އަދި ހެލްތު އިންޝުއަރަންސް އޮތުން.

އެ މިނިސްޓްރީން ވަނީ އޮމާނަށް ދަތުރުކުރާ ދިވެހިން އެ ދެ ކަންތައް ފުރިހަމަ ނުވާނަމަ ދުރައިލާ ވިސާ ނަގައިގެން އެ ގައުމަށް ދަތުރުކުރުމަށް އެދިފައެވެ.

އަދި އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ޝަރުތަކާ ނުލައި، އޮން-އެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭގޮތުން އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް