ads
އިންގްލެންޑާއި އަޔަލެންޑުން ޔޫރޯ 2028 ގެ ބިޑު ކާމިޔާބުކުރުން
ޔޫރޯ 2028 ހޯސްޓު ކުރާނީ ޔޫކޭ އާއި އަޔަލެންޑުން
ޔޫރޯ 2028 ހޯސްޓު ކުރުމަށް އިނގިރޭސިވިލާތާއި އަޔަލެންޑު ގުޅިގެން ހުށަހެޅި ބިޑް ކާމިޔާބުވެއްޖެއެވެ.

މި ބިޑުގެ އިތުރުން ތުރުކީއިންވެސް ވަނީ 2028 ވަނަ އަހަރުގެ ޔޫރޯ ހޯސްޓު ކުރުމަށް ބިޑުކޮށްފައެވެ. ނަމަވެސް 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓު ކުރުމަށް ހުށަހަޅާފައިވާ ބިޑަށް ސަމާލުކަން ދިނުމުގެ ގޮތުން ތުރުކީއިން ވަނީ ޔޫރޯ ހޯސްޓު ކުރުމަށް ހުށަހަޅާފައިވާ ބިޑު އަލުން ނަގާފައެވެ. 

ތުރުކީއިން މިގޮތަށް ނިންމީ 2032 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓު ކުރުމަށް ބޮޑު އަހަންމިޔަތުކަމެއް ދިނުމަށެވެ. ތުރުކީ އާއި އިޓަލީ ގުޅިގެން ވަނީ 2032 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓު ކުރުމަށް ބިޑް ކޮށްފައެވެ. 

މިއާއެކު ޔޫރޯ 2028 ހޯސްޓު ކުރުމަށް ހުށަހެޅި ބިޑުތަކުގެ ތެރެއިން ބާކީ އޮތީ އިންގްލެންޑާއި އަޔަލެންޑުން ހުށަހެޅި ބިޑު އެކަންޏެވެ. ޔުއެފާއިން ވަނީ މި ބިޑު އެދެގައުމަށް ކާމިޔާބުވިކަން މިއަދު ރަސްމީކޮށް އިއުލާނު ކޮށްފައެވެ.

އިނިގރޭސިވިލާތާއި އަޔަލެންޑުން ޔޫރޯ 2028 ހޯސްޓު ކުރުމަށް ހުށަހަޅާފައިވަނީ 10 ސްޓޭޑިއަމްއެއްގައި މުބާރާތުގެ މެޗުތައް ކުޅޭ ގޮތަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް