ads
ނާޒިމް ގައްދޫ ޖަލްސާގައި ވާހަކަ ދައްކަވަނީ. ފޮޓޯ: މިހާރު
ޕީޕީއެމް-ޕީއެންސީ އަދި އެމްއެންޕީ ކުރިއަށް އޮތް އިންތިހާބުތަކަށް ނިކުންނާނީ އެކުގައި
ކުރިއަށް އޮތް ފަސް އަހަރުތެރޭގައި އޮންނަ ހުރިހާ އިންތިހާބުތަކުގައި ޕީޕީއެމް-ޕީއެންސީއާއެކު އެމްއެންޕީވެސް ވާދަކުރާ ގޮތަށް އެއްބަސްވެވިފައިވާ ކަމަށް މޯލްޑިވެސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
Advertisement

މިރޭ ކުރިއަށް ގެންދިޔަ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި ކައުންސިލް މެމްބަރަކު ޕީޕީއެމް-ޕީއެންސީއާއެކު ހަދާފައިވާ އެއްބަސްވުމާ ގުޅޭގޮތުން ސުވާލުކުރެއްވުމުން ނާޒިމް ވަނީ އެ އެއްބަސްވުމާ ގުޅޭ ބައެއް މައުލޫމާތުތައް ހާމަކޮށްފައެވެ. 

އެގޮތުން ނާޒިމް ވިދާޅުވީ އެ އެއްބަސްވުމުގައި އިންތިހާބުތަކާ ގުޅޭ ހާއްސަ މާއްދާއެއް އެކުލެވިފައިވާނެ ކަމަށެވެ. 

"ރާއްޖޭގައި ބޭއްވޭ ހުރިހާ އިންތިހާބުތަކެއްގައި ވާާދަކުރާނީ ޕީޕީއެމް-ޕީއެންސީ އަދި އެމްއެންޕީ ވާދަކުރެވޭ. އެކުގައި ވާދަކުރެވޭ ގޮތަށެވެ. އޭގެ މާނައަކީ އެ އިންތިހާބެއް ކުރިމަތިވީމާ އަޅުގަނޑުމެން އެންމެން ޕްރައިމަރީއެއްގައި ވާދަކުރާ ހާލަތެއް އައިސިއްޔާ ޕްރައިމަރީއެއްގައި ވާދަކޮށް އެ ޕްރައިމަރީއަކުން މޮޅުވާ މީހަކަށް ހުރިހާ ޕާޓީތަކުން މޮޅުވާ އުސޫލެއް ހަމަޖެހިފައި އޭގެ އޮންނާނީ ލިޔެވިފައި". އެއްބަސްވުމާ ގުލޭ މައުލޫމާތު ހިއްސާ ކުރައްވަމުން ނާޒިމް ވިދާޅުވި އެވެ.

 

ޕްރައިމަރީއެއް ބާއްވާނެ ގޮތުގެ މިސާލެއް ކިޔާދެއްވަމުން ނާޒިމް ވިދާޅުވީ ތިން ޕާޓީ މީހުން މޭޔަރުކަމަށް ކުރިމަތިލާން ބޭނުން ވެއްޖެ ނަމަ އެ ތިން ޕާޓީން ނިކުންނަ މީހުންގެ މެދުގައި ޕްރައިމަރީއެއް ބާއްވާއިގެން މޮޅުވާ މީހަކަށް ތިން ޕާޓީންވެސް ތާއީދުކުރަންވާނެ ކަމަށެވެ. 

މަޖިލީސް އިންތިހާބާ އަދި އެހެން އިންތިހާބުތަކުގައި ވެސް އަމަލުކުރަން އެއްބަސްވެފައިވަނީ ހަމަ އެގޮތަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

މިރޭ އޮތް އެމްއެންޕީ ކައުންސިލް ބައްދަލުވުމުގައި ނާޒިމް ވަނީ ޕީޕީއެމް-ޕީއެންސީ އާއެކު ވެފައިވާ އެއްބަސްވުމަށް އެފަރާތުން އިހުތިރާމް ކުރައްވާނެކަމަށް އުންމީދުކުރާކަމަށް ވިދާޅުވެފައެވެ. 

އަންނަ ޖެނުއަރީ މަހު މާލެ ސިޓީ މޭޔަރުކަމުގެ އިންތިހާބު އޮންނަ އިރު އަންނަ އަހަރު ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުވެސް އޮންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް