މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 15.8 އިންސައްތަ ދަށް އަދަދެއް ކަމަށެވެ. އަދި އެ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 19.4 އިންސައްތަ ދަށް އަދަދެއް ކަމަށް މީރާއިން ބުނެއެވެ.
މީރާއިން ބުނެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު ނިމުނު މަހު ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓް، ޖީއެސްޓީ، ނޮން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް އަދި ކޯޕަރޭޓް އިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުން ކަމަށެވެ. އެކަމުގެ ސަބަބަކީ ގްރީން ޓެކްސް އަދި ޖީއެސްޓީގެ ފައިސާ ދެއްކުމުގެ ސުންގަޑި ހަމަވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސުމުގެ ސަބަބުން މި ސުންގަޑި މި އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާއަށް ފަސްވުން ކަމަށް އެ އޮތޯރިޓީން ބުނެއެވެ. މީރާއިން ބުނި ގޮތުގައި މި ކަމުގެ ސަބަބުން އެއާޕޯޓް ޓެކުހާއި ފީ، ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ސުންގަޑިވެސް މި މަހުގެ ފުރަތަމަ ހަފުތާއަށް ފަސްވުމުގެ ސަބަބުން ނިމިދިޔަ ސެޕްޓެމްބަރު މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީވެސް ދަށްވެފައިވާ ކަމުގައެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީން ކަމަށް މީރާއިން ބުނެއެވެ.
ސެޕްޓެމްބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީ ހިއްސާ ކުރާ ގޮތް:
މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 49.62 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.