ads
ފޮޓޯ އާބަންކޯ
އާބަންކޯއަށް ސާފު ފައިދާގެ ގޮތުގަ 583 މިލިއަން ރުފިޔާ
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަރބަންކޯއަށް ސާފު ފައިދާގެ ގޮތުގައި 583.14 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު 91 އިންސައްތަ އިތުރު އަދަދެކެވެ.

އަރބަންކޯއަށް އަހަރުގެ ފުރަތަމަ ކުއާޓަރުގައި 976 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ ބިން ވިއްކައިގެން އަދި ބިން ކުއްޔަށް ދީގެން ހޯދާފައިވާ ފައިސާއެވެ. އޭގެ ތެރެއިން ސާފު ފައިދާ އަކީ 583.14 މިލިއަން ރުފިޔާއެވެ. 

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނެރެފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުއާޓަލީ ރިވިއު ބުނާގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބިންތައް ވިއްކައިގެން އަރބަންކޯއަށް ލިބުނީ 844.7 މިލިއަން ރުފިޔާވަނީ ލިބިފައިވެއެވެ. އެއީ ތިލަފުށީ ފޭސް 1 އަދި 2 އަކުން ވިއްކި ބިންތަކުން ލިބުނު އާމްދަނީއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާގަ ބޮޑު ފައިދާއެއް އެ ކުންފުންޏަށް ލިބުނު ނަމަވެސް، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ކުންފުނި ހިންގައިގެން ވަނީ ގެއްލުންވެފައެވެ. އެއީ މެއިންޓޭނަންސްއަށް އެ ކުއާޓަރުގައި ކުރަން ޖެހުނު ހަރަދު އިތުރުވުމުންނެވެ. 

އާމްދަނީއަށް ލިބުނު ކުރިއެރުމާއެކު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަރބަންކޯއަށް ސާފު ފައިދާގެ ގޮތުގައި ވަނީ 583.14 މިލިއަން ރުފިޔާ ލިބިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް